ސިންގަޕޫރުގެ އައިޕީއެސްއެލްއީގެ އިމްތިޙާނުން ފާސްވި ބްރައިޓްވޭގެ ދަރިވަރުންނަށް ސެޓްފިކެޓް ދީފި

  • އެ ސްކޫލްގެ ހަ ދަރިވަރަކު އިނގިރޭސި މާއްދާއިން އެވޯޑް ހޯދާފައިވޭ

ގުރޭޑް ހައެއް ނިންމާ ދަރިވަރުންނަށް ސިންގަޕޫރުންދޭ، އިންޓަނޭޝަނަލް ޕްރައިމަރީ ސްކޫލު ލީވާސް (އައިޕީއެސްއެލްއީ) އިމްތިޙާނުން ފާސްވި ބްރައިޓްވޭގެ ދަރިވަރުންނަށް ސެޓްފިކެޓް ދީފިއެވެ.

ސިންގަޕޫރުގެ އައިޕީއެސްއެލްއީގެ އިމްތިޙާނުގައި އެ ސްކޫލްގެ 71 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއިރު، ހަ ދަރިވަރަކު ވަނީ އިނގިރޭސި މާއްދާއިން އެވޯޑް ހޯދާފައެވެ.

ބްރައިޓްވޭގައި ބޭއްވި ޚާއްޞަ ޖަލްސާގައި އެވޯޑް ދަރިވަރުންނަށް ހަވާލުކޮށްދެއްވީ ޝަރަފުވެރިމެހުނާނު ހުރަވީ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދެވެ.

ސިންގަޕޫރު އެގްޒަމިނޭޝަން އެންޑް އެސެސްމަންޓް " ސިއެބް" އިން ދޭ އައިޕީއެސްއެލްއީ އިމްތިޙާނުގައި ރާއްޖެއިން ބައިވެރިވަނީ ބްރައިޓްވޭއިން އެކަންޏެވެ. އެ އިމްތިޙާން ދެނީ އިނގިރޭސިއާއި ސައިންސްގެ އިތުރުން ހިސާބުންނެވެ.

އައިޕީއެސްއެލްއީ އިންތިޙާނުން މި އަހަރު އެވޯޑް ހޯދި ދަރިވަރުންނަކީ:

  • މާޒް މުހައްމަދު ރަޝީދު، ސެޓްފިކެޓް އޮފް މެރިޓް އެންޑް އަ ޕްލޭކް، އައުޓްސްޓޭންޑިން ސަބްޖެކްޓް ޕާފޯމަންސް އިން އިނގިރޭސި
  • މާޒް މުހައްމަދު ރަޝީދު، ސެޓްފިކެޓް އޮފް ކޮމެންޑޭޝަން އެންޑް އަ ޕްލޭކް، އައުޓްސްޓޭންޑިން ސަބްޖެކްޓް ޕާފޯމަންސް އިން އިނގިރޭސި
  • ޒީކް ހަސަން ރަފީއު، ސެޓްފިކެޓް އޮފް ކޮމެންޑޭޝަން އެންޑް އަ ޕްލޭކް، އައުޓްސްޓޭންޑިން ސަބްޖެކްޓް ޕާފޯމަންސް އިން އިންގްލިޝް
  • ފާތިމަތު ޒީޝާ އަބްދުލް ވައްހާބު، އައުޓްސްޓޭންޑިން ސަބްޖެކްޓް ޕާފޯމަންސް އިން އިނގިރޭސި
  • ނަބީތު އިސްމާއިލް ރަޝީދު، އައުޓްސްޓޭންޑިން ސަބްޖެކްޓް ޕާފޯމަންސް އިން އިނގިރޭސި
  • މަރިޔަމް އީޝަލް އިހުސާން، އިނގިރޭސި ބަހުން އައުޓްސްޓޭންޑިން ސަބްޖެކްޓް ޕާފޯމަންސް

ބްރައިޓްވޭ އިން އަންނަނީ 2021 ވަނަ އަހަރުން ފެށިގެން އެ އިމްތިޙާނުގައި ބައިވެރިވަމުންނެވެ. އަދި އެ ސްކޫލަކީ ސިންގަޕޫރުގެ އެގްޒަމިނޭޝަން އެންޑް އެސެސްމަންޓް ބޯޑުން އެކްރެޑިޓްކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ސްކޫލެވެ. އަދި އެ ސްކޫލަކީ ސިންގަޕޫރުން ބޭރުގައި އެކްރެޑިޓް ކުރި 19 ވަނަ ސެންޓަރެވެ. ކޮންމެ އަހަރަކުވެސް އެ އިމްތިޙާން އެ ސްކޫލްގެ ދަރިވަރުން އަންނަނީ ރަނގަޅު ކާމިޔާބެއް ހޯދަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *