ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) ގެ 12 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހް ކޮށްފިއެވެ. ހިންގާ ކޮމިޓީ އިފްތިތާޙް ކުރުމުގެ ޚާއްޞަ ހަފްލާ އޮތީ ހޮނިހިރުދުވަހުގެރޭ ޤައުމީ ޔުނިވަރސިޓީގައެވެ. ޝަރަފުވެރިކޮށް ދެއްވީ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ.
ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ މި ދައުރުގެ ރައީސަކީ ޖައިޝް ޢަލީ ވަޙީދެވެ. ނައިބު ރައީސް (ޢިލްމީ) އަކީ މުޙައްމަދު ނާބިތު އަޙްމަދު ކަމަށްވާއިރު ނައިބު ރައީސް (ގޮފިތައް) އަކީ ސައިފުﷲ މުސްލިމެވެ. އަދި ނައިބު ރައީސް (އިތުރު ހަރަކާތް)ގެ މަޤާމަށް ހޮވުނީ އިބްރާހީމް މިޝަލް މޫސާއެވެ. ސެކްރެޓަރީއަކީ މުޙައްމަދު ހިޒުޔަމް ޙާމިދެވެ. އެސިސްޓެންޓް ސެކްރެޓަރީ އަކީ އަޙްމަދު ޒާމިލު މޫސާއެވެ. ޚަޒާންދާރަކީ އަޙްމަދު ސަވާދެވެ. އަދި މީޑިއާ ކޯޑިނޭޓަރަކހަސްނާ ވިޝާމެވެ.

ހިންގާ ކޮމިޓީގެ މަޤާމްތަކަށް އިތުރު ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ ހިންގާ ކޮމިޓީގެ ހުރިހާ މަޤާމްތަކަށް ވެސް ދަރިވަރުން ހޮވީ އިންތިޙާބެއް ނެތިއެވެ.
ދަރިވަރުންގެ ޔޫނިއަން އަށް އެކި ގޮތްގޮތުން އެހީތެރިވަމުން އަންނަ ފަރާތްތަކަށް މި ހަފްލާފައި އިނާމް ދީފައިވެއެވެ. އިސްވާރުންގެ އިނާމު ޖުމްލަ 169 ދަރިވަރަކަށް، މަރްޙޫމް އަޙްމަދު މުޙައްމަދުގެ ހަނދާނުގައިދެވޭ އެމްއެންޔޫއެސްޔޫ ދަރުމަވެރިންގެ އިނާމު 54 ފަރާތަކަށް ލިބުނެވެ. އަދި އިޖުތިމާޢީ ޚިދުމަތުގެ އިނާމު 29 ފަރާތަކަށް، މަރްޙޫމް އަޙްމަދު ޢަބްދުﷲ ނަޞީރުގެ ހަނދާނުގައިދެވޭ އެމްއެންޔޫއެސްޔޫ ޝަރަފުވެރިކަމުގެ އިނާމު 9 ފަރާތަކަށް ދީފައިވެއެވެ.
advertisment
ހިޔާލު