ކުޑަކުދިންގެ ކުރުވާހަކަ ފޮތްލިޔުމުގެ މުބާރާތް: އެއްވަނަ ނައުރީންއަށް، ދެވަނަ ޖަންނާއަށް، ތިންވަނަ ނާޒިޙްއަށް

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންންގެ އޮފީހުން ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ޙައްޤުތަކުގެ ކުރުވާހަކަ ފޮތްލިޔުމުގެ މުބާރާތުގެ ނަތީޖާ އިއުލާންކޮށްފިއެވެ.

އެޕްރީލް މަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ މި މުބާރާތުން އެއްވަނަ ހޯދީ އިސްކަންދަރު ސްކޫލުގެ ޢާއިޝަތު ނައުރީން ޙަމްދީއެވެ. ދެވަނަ ހޯދީ ނ. ކުޑަފަރީ ސްކޫލުގެ އާމިނަތު ޖަންނާއެވެ. ތިން ވަނަ ހޯދީ ޝައިޚް އިބްރާހިމް ސްކޫލުގެ މުޙައްމަދު ނާޒިޙްއެވެ.

މުބާރާތުން އެއްވަނަ ހޯދި ނައުރީން ލިޔުނު : ތަފާތު ނުކުރުން" ބިނާ ކުރީ ތަފާތު ނުކުރުމާ ގުޅޭ ގޮތުންނެވެ. ދެވަނައަށް ދިޔަ ޖަންނާގެ ވާހަކަ "ފުރުޞަތު" ގައި ގެނެސްދީފައި ވަނީ އަނިޔާކުރުމާއި އަޅާނުލުމުން ރައްކާތެރިކަން ލިބިދިނުމުގެ މައްޗަށެވެ. ތިން ވަނައަށްދިޔަ ޝައިޚް އިބްރާހިމް ސްކޫލުގެ ނާޒިޙް ލިޔުނު "ކައިލާން" ކިޔާ ވާހަކައެވެ. އެވާހަކަ ބިނާކުރީ އަޅައިލުމާއި ހިމާޔަތްތެރިކަން ލިބިދިނުމުގެ މައްޗަށެވެ.

މި މުބާރާތުން އެއްވަނައަށް އައި ދަރިވަރަށް 3،000 ރުފިޔާ، ދެވަނަ ދަރިވަރަށް 2،000 ރުފިޔާ އަދި ތިން ވަނަ ދަރިވަރަށް 1،000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވެއެވެ.

މި މުބާރާތުގައި 61 ދަރިވަރުން ވާހަކަ ހުށަހަޅާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *