މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ޖޮބް ފެސްޓިވަލް މިއަދު ފަށައިފިއެވެ. މި ފެސްޓިވަލުގައި 26 ފަރާތަކުން ބައިވެރިވެފައިވެއެވެ. މިއީ " ފަހި ފުރުޞަތު" ގެ ނަމުގައި ޔުނިވަރސިޓީން ކިޔަވައިގެން ނިކުންނަ ދަރިވަރުންނަށް، ރާއްޖެއިން ލިބެން ހުރި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭގޮތުން އެއް ތާކުން މަޢުލޫމާތު ފޯރުކޮށްދިނުމަށް މި އަހަރު ބާއްވާ ދެވަނަ ފެސްޓިވަލެވެ.
ފެސްޓިވަލް ހުޅުވާދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަންއެވެ.

މި ފެސްޓިވަލް މިއަދާއި މާދަމާ ރެއާ ހަމައަށް ކުރިއަށް ދާނެއެވެ. ފެސްޓިވަލް ކުރިއަށް ދާނީ ހަވީރު 4:00ން ރޭގަނޑު 10:00އަށެވެ.
މި ފެސްޓިވަލުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖުރިބާ ލިބޭ ފަދަ ފުރުޞަތުތައް އާންމުންނަށް ދައްލާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުމެވެ. އާންމުންނާއި ހިސާބަށް ފޯރުކޮށް ނުދެވި ހުރި އެކިކަހަލަ ފުރުޞަތުތަކާއި ބްރޭންޑްތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސްދެވޭނޭ މާހައުލެއް އުފެއްދުމެވެ. އެކިކަހަލަ ސިނާއީ ފުރުޞަތުތަކާއި ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމެވެ. ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަ ފުރުޞަތެއް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމެވެ.
advertisment
ހިޔާލު