ކަލާފާނު ސްކޫލްގައި ވޮކޭޝަނަލް އެޑިއުކޭޝަން ފަށައިފި

ކަލާފާނު ސްކޫލްގައި ކޭޝަނަލް އެޑިއުކޭޝަން މިއަދު ފަށައިފިއެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަނަށް ޚާއްޞަކޮށްގެން އެ ސްކޫލްގައި ހުޅުވި ލެބްތައް އިފްތިތާޙްކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަނަށް ޚާއްޞަކޮށްގެން ހުޅުވި ލެބުން ދަރިވަރުންނަށް ތަފާތު މަސައްކަތްތެރިކަން ދަސްކޮށްދޭނެއެވެ. މި ލެބްތަކުގެ އެހީގައި ދަރިވަރުން އާންމު ދިރިއުޅުމުގައި ދަސްކުރަން މުހިންމު ހުނަރުތައް ކަމަށްވާ ކެއްކުމާއި ފެހުމާއި ވަޑާންކުރުމުގެ މަސައްކަތް އަދި އާޓާއި ކްރާފްޓްގެ މަސައްކަތްތައް އެކުދިންނަށް ދަސްކޮށްދެވޭނެއެވެ. މީގެ އިތުރުން ދަރިވަރުންގެ ފަންނީ ހުނަތަކުގެ އިތުރުން އެ ކުދިންނަށް އުފެއްދުންތެރި ވިސްނުމާއި ދިރިއުޅުމުގައި ދިމާވަ ކަންކަން ހައްލުކުރުމުގެ ހުނަރުތައް ދަސްވުމާއެކު މުސްތަޤުބަލުގައި ހުނަރުވެރި ޤާބިލު ތަޢުލީމީ ޖީލެއް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެއެވެ.

28 ސްކޫލެއްގައި މިފަދަ ލެބްތަކެއް ހުޅުވަން ވަނީ ނިންމާފައެވެ. މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ ފުރަތަމަ ލެބް ހުޅުވީ ތާޖުއްދީން ސްކޫލްގައެވެ. އޭގެ އިތުރުން ޏ. އޭއީސީއާއި މަޖީދިއްޔާ ސްކޫލުގައި ވަނީ މިފަދަ ލެބްތައް ހުޅުވާފައެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަން ޖެނެރަލް ލެބްގެ އިތުރުން އަދި ވަކި ވަކި ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްޞަކޮށްގެން ހުޅުވާ ލެބްތައް ވެސް ކުރިއަށްއޮތް ތަނުގައި ސްކޫލްތަކުގައި ހުޅުވަން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އެއަރ ކޮންޑިޝަން މަރާމާތުކުރުމުގެ މަސައްކަތް ދަސްކޮށްދޭ ލެބްތަކާއި އިލެކްޓްރޯނިކް މަސައްކަތް އަދި ވަޑާމުގެ މަސައްކަތަށް ޚާއްޞަކޮށްފައިވާ ލެބްތައް ހިމެނޭނެއެވެ. ވޮކޭޝަނަލް އެޑިޔުކޭޝަން ކިޔަވައިދޭނީ މިހާރުގެ މަންހަޖުގައި ކިޔަވައިދޭ މާއްދާތަކަށް މަސައްކަތްތެރިކަމާއި ހުނަރުގެ ބައިތައް އެއްކޮށްގެންނެވެ.

މި ލެބްތައް ޤާއިމް ކުރަނީ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) ގެ ދަށުންނެވެ. އޭއީޑީޕީ އަކީ ވޯލްޑް ބޭންކުގެ ނުވަ މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި ދިވެހި ސަރުކާރުގެ އެއް މިލިއަން ޑޮލަރު ހިމެނޭގޮތަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމްކުރެވިފައިވާ ފަންޑެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *