އިތުރުކުރި އަށް ކުލާސްރޫމާއެކު ކެންދޫ ސްކޫލް އެއް ދަންފަޅިއަށް

އަލަށް އިތުރުކުރި އަށް ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލާއެކު ކެންދޫ ސްކޫލުގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށައިފިއެވެ.

އަށް ކުލާސްރޫމާއި މަލްޓިޕާރޕަސް ހޯލު ހިމެނޭ އިމާރާތް ހުޅުއްވައި ދެއްވި މިއަދު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޢަލީއެވެ.

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އަމްޖަދު ހުސައިން ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލް އެއް ދަންފަޅިއަށް ބަދަލުވުމަކީ އެއީ ވަށައި ޖެހޭ ތައުލީމެއްގެ ފެށުން ކަމަށާއި ދަރިވަރުންނަށް ކުރިން ނުލިބޭ އެތައް ޚިދުމަތްތަކެއް ކުރިއަށް އޮތް ތަނުގައި ފޯރުކޮށްދެވޭނެ ކަމަށެވެ.

" ވަށައިޖެހޭ ތައުލީމެއްގެ ފެށުން އަދި މި ފެށުނީ"

އޭނާ ވިދާޅުވީ މިހާތަނަށް އެ ސްކޫލުގައި އިތުރު ހަރަކާތްތަކާއި އިތުރު ކުލާސްތައް ކުރިއަށް ގެންދިޔައީ ވަރަށް ދަތީގައި ކަމަށެވެ.

އަމްޖަދު ވިދާޅުވީ އާ ކުލާސްރޫމްތަކުގައި ކިޔަވައިދެނީ ހުރިހާ ފަރުނީޗަރެއްވެސް ހަމަކުރުމަށްފަހު ކަމަށެވެ. އާ އިމާރާތާއެކު ސައިންސް ލެބެއް ހެދުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އަމްޖަދު ވިދާޅުވިއެވެ.

އެއް ދަންފަޅިއަށް ބަދަލު ކުރުމުގެ ހަޤީޤީ ފައިދާ ބެލެނިވެރިންނަށާއި ދަރިވަރުންނަށް އަދި މުދައްރިސުންނަށް ކުރާނެ ކަމަށް 252 ދަރިވަރުން ކިޔަވަމުންދާ ކެންދޫ ސްކޫލުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *