އިހަވަންދޫ ސްކޫލުގެ ދިވެހި އަދަބީ ފޯވަހި: އަދަބީ ފޯވަހީގެ ރިހިޔޫބީލުން ދައްކައިދެނީ އެ ސްކޫލުގެ މުވައްޒަފުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން

އިހަވަންދޫ ސްކޫލުގައި އަދަބީ ފޯވަހީގެ ހަރަކާތްތައް ކުރިއަށް ގެންދާތާ 25 އަހަރުވީއެވެ. އެހެންވެ އެ ސްކޫލުން މި އަހަރުގެ އެ ހަރަކާތް ކުރިއަށް ގެންދަނީ ރިހިޔޫބީލްގެ ހަރަކާތުގެ ގޮތުގައި މުޅި ސުކޫލްގެ އާއިލާ ޝާމިލުވާ ގޮތަށެވެ. ދަރިވަރުންނަށް އަމާޒުކޮށްގެން މީގެ ކުރިން ކުރިއަށް ގެންދާ މުބާރާތްތައް މި ފަހަރު އެ ސްކޫލުގެ ހުރިހާ ސްޓާފުންނާއި ބެލެނިވެރިން ވެސް ބައިވެރިވެއެވެ.

މި ހުރިހާ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަނީ އެ ސްކޫލުގެ ހަތަރު ހައުސްގެ މެދުގައެވެ. އެއީ ކުރެދި ހައުސްއާއި ބުރެވި ހައުސްއާއި ހިރުނދު ހައުސްއާއި ނިރޮޅު ހައުސްއެވެ.

500 އެއްހާ ދަރިވަރުން އަދަބީ ފޯވަހީގައި ބައިވެރިވެފައިވާއިރު، ކޮންމެ ދަރިވަރަކު ވެސް އަދަބީ ހަ ހަރަކާތުގައި ބައިވެރިވާނެއެވެ.

870 ދަރިވަރުން އިހަވަންދޫ ސްކޫލުގައި ކިޔަވަމުންދާއިރު، އެ ސްކޫލުގެ ހުރިހާ މުވައްޒަފުންނާއި ބެލެނިވެރިން ވެސް ބަހާލާފައި ވަނީ ހަތަރު ގުރޫޕަކަށެވެ. ކޮންމެ ގުރޫޕަކުން ވެސް މަދުވެހެން ދެ ހަރަކާތުގައި ބައިވެރިވާނެއެވެ.

އަދަބީ ފޯވަހީގައި ކުރިއަށް ގެންދަނީ އަބަދަބިއްޔާތާ ހުޅުން ހުރި ހުރިހާ ހަރަކާތްތަކެވެ.

ފަންސަވީސް އަހަރުގެ އެ ކާމިޔާބީ ޕްރިންސިޕަލް އަހުމަދު ރަޝީދު ސިފަކުރެއްވީ މުވައްޒަފުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ރަމްޒެއްގެ ގޮތުގައެވެ.

" މިއީ ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާ. އެހެންވެ އެހެން އަހަރުތަކާ ޚިލާފަށް ދަރިވަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިން ވެސް ހިމަނައިގެން ކުރިއަށް ގެންދަނީ" އަހުމަދު ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މުބާރާތައް ދަރިވަރުންނާއި މުވައްޒަފުން އަދި ބެލެނިވެރިން ތައްޔާރުވުމުގައި ހަރަކާތްތަކާ ގުޅުން ހުރި ފަންނުގެ ބޭފުޅުންގެ އިރުޝާދާއި ލަފާ ހޯއްދެވުމަކީ އެ ސްކޫލުގެ އަދަބީ ފޯވަހީގެ ފެންވަރު ރަނގަޅުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *