އަމީނީ ފެއަރ މާދަމާ ރެއާ ހަމައަށް ކުރިއަށްދާނެ

އަމީނިއްޔާ ސްކޫލުގެ އަހަރީ ފެއަރ ފަށައިފިއެވެ. މި ފެއަރ ފައްޓަވައިދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަޙްމަދު އަލީއެވެ.

މި ފެއަރގެ ސްޓޯލްތަކުން ކުރިއަށް ގެންދާ އެކި ވައްތަރުގެ ތަފާތު ކުޅިވަރުތަކާއި މަޖާ ގޭމްތަކުގައި ބައިވެރިވެވެއެވެ. އަދި ވޯޓާ ސްލައިޑާއި ބިރުވެރި ހޮހަޅައާއި ސްޓޭޖްގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދެއެވެ.

ބުރާސްފަތި ދުވަހު ފެށި މި ފެއަރ މާދަމާރޭ 10:00އާ ހަމައަށް ކުރިއަށް ދާނެއެވެ.

ފެއަރ އަށް ވަނުމުގެ ޓިކެޓަކީ 20ރުފިޔާއެވެ.

މިއީ އެ ސްކޫލުގެ ޕީޓީގެ ހަރަކާތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ފަންޑްރައިޒިން ހަރަކާތެކެވެ.

އަމީނިއްޔާއަކީ މާލޭގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *