ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވި ޞަލާހުއްދީން ސްކޫލަށް ކުލާސްރޫމްތައް އިތުރުކޮށް، އެ ސްކޫލަށް ވަންނަން އެދިފައިވާ ދަރިވަރުންނަށް ޖާގަ ދޭން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ޞަލާޙުއްދީން ސްކޫލްގެ ހުރިހާ ކްލާސްރޫމްތަކުގެ މަސައްކަތް މިހާރު ނިމި، ސްކޫލުގެ ޖާގަ އިތުރުވެފައިވާ ކަމަށެވެ.

" އިތުރު ވީ ޖާގަތަކަށް، ސްކޫލަށް ވަންނަން އެދި މިހާރު ފޯމް ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން، ފޯމު ހުށަހަޅާފައިވާ ތަރުތީބުން ޖާގަ ދެމުން ގެންދާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ." އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެއް ދަންފަޅިއަށް މިހާރު ކިޔަވައިދޭ ޞަލާހުއްދީނުގައި 1719 ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.
ޞަލާހުއްދީން ސްކޫލުން ބުނެފައި ވަނީ އެ ސްކޫލަށް އަލަށް އިތުރުކުރި ކުލާސްރޫމްތަކާއެކު ޖާގަ ދެނީ ގުރޭޑް އެކަކުން ފަހަކާ ދެމެދުގެ ގުރޭޑްތަކަށް ވަންނަ ދަރިވަރުންނަށެވެ. ގާތް ގަޑަކަށް 230 އެއްހާ ދަރިވަރުންނަށް ފުރުޞަތު ދެވޭނެ ކަމަށް އެ ސްކޫލުން ބުނެއެވެ.
advertisment
ހިޔާލު