އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި 14 އަހަރާއި 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ސެމީގައި ވާދަކުރާ ދެ ސްކޫލުގެ ގޮތުގައި ފ. އަތޮޅު މަދަރުސާއާއި ވ. ކެޔޮދޫ ސްކޫލް ވެއްޖެއެވެ. މިއީ މި ސްކޫލަށް ވެސް ލިބުނު ބޮޑު ކާމިޔާބެކެވެ.
ސާދަ އަހަރުން ދަށުގެ ފިރިހެން، ފައިލަނުގައި ވެސް ކުޅޭނީ މި ދެ ސްކޫލެވެ. ގުރޫޕް ސްޓޭޖްގައި ކެޔޮދޫ ސްކޫލުގެ މައްޗަށް ކުރި ދެ ސެޓުން ހޯދީ ފ. އަތޮޅު މަދަރުސާއިންނެވެ.
ސާދަ އަހަރުން ދަށުގެ އަންހެން ސެމީގައި ފ. އަތޮޅު މަދަރުސާ ނުކުންނާނީ ތާޖުއްދިނާ ދެކޮޅަށެވެ. ކެޔޮދޫ ސްކޫލް ނުކުންނާނީ މަޑިފުށީ ސްކޫލާ ދެކޮޅަށެވެ. މި ދެޓީމުވެސް ހިމެނުނީ ގުރޫޕް ބީގައެވެ. ފ. އަތޮޅު މަދަރުސާއަށް ނުވަ ޕޮއިންޓް ލިބިގެން ގުރޫޕްގެ އެއްވަނަ ލިބުނުއިރު އެއް މެޗުން ބަލިވެގެން ކެޔޮދޫ ސްކޫލަށް ލިބުނީ ހަ ޕޮއިންޓެވެ. ގުރޫޕް ސްޓޭޖްގައި ކެޔޮދޫ ސްކޫލުގެ މައްޗަށް ކުރި ހޯދީ ފ. އަތޮޅު މަދަރުސާއިންނެވެ.
ސޯޅަ އަހަރުން ދަށުގެ ފިރިހެން ސެމީގައި ފ. އަތޮޅު މަދަރުސާ ކުޅޭނީ އދ. އަތޮޅު މަދަރުސާއާއެވެ. ކެޔޮދޫ ސްކޫލް ކުޅޭނީ ކުނބުރުދޫ ސްކޫލާއެވެ. މި އުމުރު ފުރައިގައި ފ. އަތޮޅު މަދަރުސާ ބަލި ކުރީ ކުނބުރުދޫ ސްކޫލުންނެވެ. އެހެންވެ އެ ސްކޫލް ސެމީއަށް އައި ގުރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ނުވަ ޕޮއިންޓް ލިބިގެންނެވެ. ކެޔޮދޫ ސްކޫލް ސެމީއަށް އައީ ހަތަރު މެޗުން މޮޅު 12ޕޮއިންޓް ހޯދައިގެންނެވެ. މިފަހަރު ވެސް ބަލީ ފ. އަތޮޅު މަދަރުސާ އަތުންނެވެ.
ސޯޅަ އަހަރުން ދަށް އަންހެން ސެމީގައި ކުޅޭނީ މި ދެ ސްކޫލެވެ. މިއީ އެންމެ ފޯރިގަދަވާނެ އެއް މެޗަށް ވާނެއެވެ. ގުރޫޕް ސްޓޭޖަށް ބަލާއިރު، މި ދެ ސްކޫލް ހިމެނުނީ ދެ ގުރޫޕެއްގައެވެ. ގުރޫޕް އޭއިން އެއްވަނަ ޓީމުގެ ގޮތުގައި ފ. އަތޮޅު މަދަރުސާއައީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ގުރޫޕް ބީއިން ކެޔޮދޫ ސްކޫލް ސެމިއަށް އައީ ދެ މެޗުން މޮޅުވެގެންނެވެ. ބަލިވީ ކުނބުރުދޫ ސްކޫލް އަތުންނެވެ.
advertisment
ހިޔާލު