އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް: 16 އަހަރުން ދަށް ފިރިހެން ސެމީ، ކުނބުރުދޫ ސްކޫލް ވާދަކުރާނީ ކެޔޮދޫ ސްކޫލާ، އދ. އަތޮޅު މަދަރުސާ ވާދަކުރާނީ ފ. އަތޮޅު މަދަރުސާއާ

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 16 އަހަރުން ދަށް ފިރިހެން، ސެމީއަށް އދ. އަތޮޅު މަދަރުސާއާއި ފ. އަތޮޅު މަދަރުސާއާއި ކުނބުރުދޫ ސްކޫލުގެ އިތުރުން ކެޔޮދޫ ސްކޫލް ހިނގެއްޖެއެއެވެ. ކުނބުރުދޫ ސްކޫލާއި އދ. އަތޮޅު މަދަރުސާ ސެމީއަށް ދިޔައީ ގުރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ގުރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި ކުނބުރޫ ސެމީއަށް ދިޔައީ ކުޅުނު ހަތަރު މެޗުން މޮޅުވެގެންނެވެ. ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި އދ. އަތޮޅު މަދަރުސާ ސެމީއަށް ދިޔައީ ކުޅުނު ފަސް މެޗުން މޮޅުވެ 15 ޕޮއިންޓް ހޯދައިގެންނެވެ.

ސެމީގައި ކުނުބުރޫ ސްކޫލް ވާދަކުރަންޖެހޭނީ ގުރޫޕް ބީއިން ދެވަނައަށް ދިޔަ ކެޔޮދޫ ސްކޫލާއެވެ. ކެޔޮދޫ ސްކޫލް ވަނީ ހަތަރު މެޗުން މޮޅު 12 ޕޮއިންޓް ހޯދާފައެވެ. އދ. އަތޮޅު މަދަރުސާ ވާދަކުރަން ޖެހެނީ ގުރޫޕް ބީ އިން ދެވަނައަށް ދިޔަ ފ. އަތޮޅު ސްކޫލްގެ ޓީމަކާއެވެ. އެ ސްކޫލުން ވަނީ ތިން މެޗުން މޮޅުވެފައެވެ.

16 އަހަރުން ދަށުގެ ފިރިހެނުންގެ ކެޓަގަރީގައި 11 ސްކޫލަކުން ވާދަކުރެއެވެ.

ސެމީ ފައިނަލުގެ ދެ މެޗްވެސް މި ރޭ ކުޅޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *