އޭލެވެލް އިމްތިހާން އިއްުޔެ ނިމިއްޔެއެވެ.
މަތީ ސާނަވީގެ އެސްއެސްސީ އިމްތިހާން ފެށީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. އޭލެވެލްގެ އެޑެކްސެލްސް އިމްތިހާން ކުރިއަށް ގެންދިޔައީ މި މަހުގެ ނުވަ ވަނަދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ، ރާއްޖޭގެ 45 ސެންޓަރެއްގައި އޭލެވެލް އިމްތިޙާނު ކުރިއަށް ދިޔަ ކަމަށާއި، 3،268 ދަރިވަރުން އިމްތިޙާނުގައި ބައިވެރިވި ކަމަށެވެ. އިމްތިޙާނު ކުރިއަށް ގެންދިޔައީ، މާލޭގެ 3 ސެންޓަރެއްގެ އިތުރުން، އަތޮޅު ތެރޭގެ 42 ސެންޓަރެއްގައެވެ.
އެޗްއެސްސީ އިމްތިޙާނުގައި މި އަހަރު ރާއްޖެއިން 1363 ދަރިވަރުން ބައިވެރިވެއެވެ.
މި އަހަރު އޭލެވެލް ހަދާ ދަރިވަރުންގެ އަދަދު ކުރީ އަހަރަށްވުރެ 483 ދަރިވަރުން އިތުރެވެ. މިދިޔަ އޭލެވެލްގައި ބައިވެރިވީ 2785 ދަރިވަރުންނެވެ. އެޗްއެސްސީ އިމްތިޙާނު ހެދީ 1299 ދަރިވަރުންނެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ، ކޭމްބްރިޖްގެ އޭލެވެލްގައި 130 ކެނޑިޑޭޓުން ހަތަރު މާއްދާއެއްގައި ބައިވެރިވެފައިވާ ކަމަށެވެ. އެއީ އަރަބި، ޓްރެވަލް އެންޑް ޓޫރިޒަމް، ފިޒިޔަކޮލޮޖީއާއި ލޯ އެވެ.
advertisment
ހިޔާލު