ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު، ހަނިމާދޫ ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުނީ ވަރަށް ކާމިޔާބު ކަމާއެކުގައި ކަމަށް އެ ސްކޫލުން ބުނެފިއެވެ.
ދިރާސީ އާ އަހަރާއެކު މަތީ ސާނަވީގެ ކިޔެވުން ހަނިމާދޫ ސްކޫލުން ފެށީ 18 ދަރިވަރުންނާއެކުގައެވެ.
ޕްރިންސިޕަލް އަބްދުﷲ ނާހިދު ދަރިވަރު ނޫހަށް ވިދާޅުވީ، އޭލެވެލް ފެށީ އެ ރަށުގެ ކުދިންނާއެކުގައި ކަމަށާއި ރަށުން ބޭރު ދަރިވަރަކު މި އަހަރު ކިޔަވަމުން ނުދާ ކަމަށެވެ.
އޭލެވެލް ފެށުމަށް ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމުގައި ހަނިމާދޫ ކައުންސިލުގެ ބޮޑު އެހީތެރިކަމެއް ލިބިވަޑައިގެންނެވި ކަމަށް ނާހިދު ވިދާޅުވިއެވެ.
ހަނީމާދޫ ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދިނުން ހުއްޓުނީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭލެވެލްއަށް ކިޔަވަން ފެށުމަށް މަސައްކަތްތަކެއް ވެސް ކުރިއެވެ.
ރަށުގައި ހުރެގެން އޭލެވެލްއަށް ކިޔެވޭނެ މަގު ފަހިކޮށް ދިނުމުގެ ގޮތުން ހަނިމާދޫ ސްކޫލްގައި އޭލެވެލް ކިޔަވާ ދަރިވަރުންނަށް ދާއިމީ ގޮތެއްގައި 2،000 ރުފިޔާގެ އެލަވަންސެއް ދޭން އެރަށު ކައުންސިލުން ވަނީ ނިންމާފައެވެ.
" އަޅުގަނޑުމެން ނަށް އޭލެވެލްއަށް ކިޔަވައިދޭން ފަށައި ރަނގަޅު ނަތީޖާއެއްވެސް ނެރެން މަސައްކަތް ކުރަނީ" ހަނިމާދޫ ސްކޫލުގެ ޕްރިންސިޕަލްކަމާ މި އަހަރު ހަވާލުވެވަޑައިގެންނެވި ނާހިދު ވިދާޅުވިއެވެ.
ހަނިމާދޫ ސްކޫލުގައި 500 އަށްވުރެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު