އެމްއެންޔޫގެ "ފަހި ފުރުސަތު" ޖޮބް ފެސްޓިވަލް އަންނަ މަހު ބާއްވަން ނިންމައިފިއެވެ.
މި ބާޒާރު ބާއްވަނީ ޤައުމީ ޔުނިވަރސިޓީގައި އަންނަ ނޮވެމްބަރު މަހުގެ 8ން 9އަށެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، މި މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލަދޭ ބާޒާރަކަށް ވާނެ ކަމަށެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، މި މައުރަޒުގެ މަޤްޞަދަކީ، އެކިކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖްރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުމެވެ. އާންމުންނާ ހިސާބަށް އެހާ ބޮޑަށް ފޯރުކޮށް ނުދެވިހުރި އެކި ކަހަލަ ފުރުޞަތުތަކާއި ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމެވެ.
ވެހިރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުޞަތުތަކާއި މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުމާއި، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަފުރުޞަތެއް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުން ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.
އެމްއެންޔޫން ވަނީ މިދިޔަ މެއި މަހު ވެސް ޖޮބް ފެސްޓިވަލެއް ބާއްވައިފަ އެވެ. އެ ފަހަރު ސަރުކާރުގެ މުއައްސަސާތައް ހިމެނޭހެން 40 ފަރާތަކުން ބައިވެރިވިއެވެ.
advertisment
ހިޔާލު