އަންނަ އާދީއްތަ ދުވަހުން ފެށިގެން އެއް ދަންފަޅިއަށް ނަރުދޫ ސްކޫލުގައި ކިޔަވައިދިނުމުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް އެ ސްކޫލުން ބުނެފިއެވެ.
ދަރިވަރު ނޫހާ ވާހަކަ ދައްކަވަމުން އެ ސްކޫލުގެ ލީޑިންގ ޓީޗަރު ހަސަން ސުޖާއު ވިދާޅުވީ، އިމާރާތް ރަސްމީކޮށް، ހުޅުވައި ބޭނުންވާ ހުރިހާ ތަކެތި ހަމަކޮށް، އާދީއްތަ ދުވަހު ކިޔަވައިދޭން ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.
އެއް ދަންފަޅިއަށް ނަރުދޫ ސްކޫލުގައި ކިޔަވައިދޭން ފަށަނީ ތިން ބުރީގެ އާ އިމާރާތާއެކުގައެވެ. އެ އިމާރާތުގައި ހިމެނެނީ، ހަ ކުލާސްރޫމާއި ސްޓާފްރޫމެއްގެ އިތުރުން ކޮމްޕިއުޓަރ ލެބަކާއި ހެލްތް ރޫމެކެވެ.
" ޖުމްލަ 11 ކުލާސްރޫމާއެކު އެއް ދަންފަޅިއަށް ކިޔަވައިދޭން މި ފަށަނީ" ހަސަން ވިދާޅުވިއެވެ.
147 ދަރިވަރުން ކިޔަވަމުންދާ ނަރުދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވުމުން، އިތުރު ހަރަކާތައް ޤަވާއިދުން ކުރިއަށް ގެންދެވޭނެ ކަމަށް އެ ސްކޫލުން ބުނެއެވެ.
advertisment
ހިޔާލު