ރޯޒްމީޑް އަޙްމަދު ޢަލީދީދީގެ ޒިކުރާ އައުކުރުމުގެ ގޮތުން ބޭއްވި ޒިކުރާ ޤުރުއާން މުބާރާތުގެ އެއްވަނަ ހާފިޒު އަހުމަދު ސްކޫލުގެ އަޙްމަދު ރާއިޢް ބަޞީރު ހޯދައިފިއެވެ. މި މުބާރާތުން އެއްވަނަ ހޯދި ސްކޫލަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.
ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގައި މި އަހަރު 300 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއިރު، ފުވައްމުލަކުގެ ސްކޫލްތަކުގެ އިތުރުން ތިން ސްކޫލަކުން ބައިވެރިވިއެވެ.
މި މބާރާތުން ދެވަނަ ހޯދީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. ދެވަނަ ދަރިވަރަކީ އެ މަރުކަޒުގެ މުސްޢަބް ބިން އުމައިރު ބިން އިބްރާހިމެވެ. ތިންވަނަ ސްކޫލަކަށް ހާފިޒު އަޙްމަދު ސްކޫލެވެ. ތިން ވަނަ ދަރިވަރަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އާމިނަތު އަޢިނީ އަހުމަދެވެ.
advertisment
ހިޔާލު