ކޯހުން އެއްވަނަ ހޯދާ، ރައީސުލްޖުމްހޫރިއްޔާގެ އިނާމް ޤައުމީ ޔުނިވަރސިޓީގެ ހަތަރު ދަރިވަރަކު ހޯދައިފިއެވެ.
ޤައުމީ ޔުނިވަރސިޓީން ދޭ ޝަރަފުގެ އެވޯޑަކީ ފުރަތަމަ ޑިގްރީން ފެށިގެން މަތީ ލެވެލްގެ ކޯސްތަކުން އެއްވެސް މާއްދާއަކުން ފެއިލްނުވެ، ގުރޭޑް ޕޮއިންޓް އެވްރެޖް 3.5 އަށްވުރެ މަތި ހާޞިލްކުރާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.
މި އެވޯޑް ލިބުނީ:

- މުޙައްމަދު ޝަރުފާން ޝަމީމް- ބެޗްލަރ އޮފް ކޮމްޕިއުޓަރސައިންސް (ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ)

- މުހައްމަދު އަފްރާޙް- މާސްޓަރސްއިން ޕަބްލިކް ހެލްތް (ފެކަލްޓީ އޮފް ހެލްތް ސައިންސް )

- ރަހާ މުހައްމަދު ރަޝީދު- ބެޗްލަރ އޮފް ޝަރީޢާ އިން ލޯ އޮނާސް، (ފެކަލްޓީ އޮފް ޝަރީޢާ އިން ލޯ)

- އައިޝަތު ސަތީރާ މުޙައްމަދު- މާސްޓަރސް އޮފް ލޯ (ފެކަލްޓީ އޮފް ޝަރީޢާ އިން ލޯ)
ކޯހުން އެއްވަނަ ހޯދި މި ދަސްވެނީންނަށް އިނާމް ހަވާލުކޮށް ދެއްވީ ހަފްލާ ޝަރަފުވެރިކޮށް ދެއްވި، ދިވެހިރާޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުއުތަސިމް އަދުނާނެވެ. މި ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ އަށް ފެކަލްޓީއަކުން 700 ދަރިވަރުން ދަސްވެނިވިއެވެ.
advertisment
ހިޔާލު