ކޮންމެ މަގާމެއް ލިބުނު ނަމަވެސް ނުވަތަ ކޮންމެ ކާމިޔާބެއް ލިބުނު ނަމަވެސް ފޮނިވުމާއި ކިބުރުވެރިކަން އިސްކޮށްގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ރާއްޖޭގެ އެންމެހައި ކިޔަވާ ކުދިންނަށް އިލްތިމާސް ކުރައްވައިފިއެވެ.
އިސްކަންދަރު ސްކޫލުގެ އިސް ދަރިވަރުން ހުވާކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ހަފްލާ ޝަރަފުވެރިކުރައްވައި، ނާއިބް ރައީސް ވިދާޅުވީ، ކޮންމެ ކުއްޖަކުވެސް ކިބުރުވެރިކަމާއި ފޮނިކަން އިސްކޮށްފިނަމަ ލިބޭ ކާމިޔާބާއި ރީތި ނަން ބީވުން އެކަށީގެންވާ ކަމަށެވެ.
އަދި އަލަށް ދަސްވާ ކޮންމެ އެހެން ކުދިންނަށް ކިޔައިދީ ދަސްކޮށްދިނުމަށް އިސްކަންދޭންޖެހޭއިރު، ސްކޫލުތަކުގެ މަގާމަކާ ހަވާލުވާ ދަރިވަރުންނަކީ އެހެން ކުދިންނަށް ތަފާތު ދައްކަންޖެހޭ ދަރިވަރުންތަކެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ދެން އެމަނިކުފާނު ވިދާޅުވީ، ލީޑަރެއްގެ ކިބައިގައި ހުރުން އެންމެ މުހިންމު ސިފައަކީ ހުރިހާ ޚިޔާލުތަކެއްގެ މީހުންނާ އެކު އުޅެން އެނގުން ކަމަށެވެ. ސްކޫލު މާހައުލަށް ބަލާއިއިރުވެސް އެކި ޚިޔާލުގެ އެކި ވިސްނުމުގެ ކުދިން އުޅޭނެ ކަމަށާއި ލީޑަރަކަށްވާނީ އެ ހުރިހާ ކުދިންގެ ވެސް ރަނގަޅު ސިފަތަކާ އެކު އެކުގައި ގެންގުޅެން އެނގިގެން ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.
މުޖުތަމައުގައާއި ޚާއްސަކޮށް ސްކޫލު މާހައުލުގައި އެއްވެސް ކުއްޖަކު ބާކީނުކުރުމަކީ މުހިންމު ކަމެއް ކަމަށާއި ކޮންމެ ކުއްޖެއްގެ ވެސް ވަރަށް ރަނގަޅު، ސިފަތަކަކާއި އެނގިފައި ހުންނަ ކަންތައްތަކެއް ހުންނާނެ ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.
" އެކަންތައްތައް ހޯދައިގެން، އެ ކަންތައްތަކާއެކު ކޮންމެ ކުއްޖަކު ވެސް ގޮވައިގެން އެކުގައި މަސައްކަތްކުރެވޭ މީހަކަށް ލީޑަރެއް ވެއްޖެޔާ ވާންޖެހޭނެ " ނާއިބް ރައީސް ވިދާޅުވިއެވެ.
advertisment
ހިޔާލު