އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދިވެހި އާއިލާއަކުން އުކުޅަހު ސްކޫލަށް 1200 ފޮތް

އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދިވެހި އާއިލާއަކުން އުކުޅަހު ސްކޫލަށް 1200 ފޮތް  ހަދިޔާ ކޮށްފިއެވެ.

އެ އާއިލާގެ ފަރާތުން މި ފޮތްތައް ހަދިޔާ ކުރީ އެއްބަނޑު އެއްބަފާ ދެބެއިން ކަމަށްވާ އައިޝަތު އިސްމާއިލް މުޙައްމަދާއި ޒަޔާން އިސްމާއިލް މުޙައްމަދެވެ. މި ދެ މީހުންގެ ތެރެއިން އުކުޅަހު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ފޮތްތައް ހަދިޔާ ކުރީ އައިޝަތު އިސްމާއިލް މުޙައްމަދެވެ.

އުކުޅަހު ސްކޫލުން ބުނީ ހަދިޔާ ކުރި ފޮތްތަކުގެ ތެރޭގައި އެކި އުމުރު ފުރައަށް ޚާއްޞަ ފޮތްތައް ހިމެނޭ ކަމަށާއި މިއީ އެ ސްކޫލްގެ ލައިބްރަރީއަށް އަމިއްލަ ފަރާތަކުން ވެދެއްވި އެންމެ ބޮޑު އެހީ ކަމަށެވެ.

ފޮތް ހަދިޔާ ކުރުމުގައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ރާމިޒު އިބްރާހިމް ދަރިވަރު ނޫހަށް މައުލޫމާތު ދިން ގޮތުގައި އެފަދަ އެހީތެރިކަމެއް އެ އާއިލާގެ ފަރާތުން ފޯރުކޮށްދޭން ނިންމީ ތަޢުލީމަށް އުކުޅަހު ރައްޔިތުން ކުރަމުންދާ މަސައްކަތްތައް އެނގުމުން އެކަމަށް އެހީތެރިކަމެއް ފޯރުކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

" މިރަށުގައި {އުކުޅަހުގައި} ގުރޭޑް އަށެއް އުފެއްދުމަށާއި ގުރޭޑް 11 އުފައްދަން ރައްޔިތުން ކުރި މަސައްކަތް ކިޔައިދިނީމާ އެމީހުން ބޭނުންވީ ސްކޫލަށް އެހީތެރިކަމެއް ފޯރުކޮށްދޭން. ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޚިޔާލު ދިނީމާ " ފޮތް ޑޮނޭޓް" ކުރުމުގެ ހަރަކާތްތަކެއް އިނގިރޭސި ވިލާތުގެ ބްރިސްޓަލްގައާއި ލަންޑަނުގައި ކުރިއަށް ގެންދިޔައީ. އެ ހަރަކާތްތަކުން ލިބުނު ފޮތްތައް އުކުޅަހު ސްކޫލަށް ހަދިޔާކުރީ" ރާމިޒު ވިދާޅުވިއެވެ.

ރާމިޒު ބުނީ، މިފަދަ އެހީތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދޭން އެ އާއިލާއިން ތިބީ ތައްޔާރަށް ކަމަށެވެ.

އުކުޅަހު ސްކޫލުން ބުނީ އެ ސްކޫލުގެ ދަރިވަރުން ކިޔުމަށް ޝަޢުޤުވެރި ކުރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *