އިންކްލޫސިވް އެޑިއުކޭޝަންގެ ދާއިރާއިން އިނގިރޭސި ވިލާތުގައި ކިޔެވުމަށް ސްކޮލަޝިޕްގެ ފުރުޞަތުތަކެއް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އިނގިރޭސި ވިލާތުން ކިޔަވަން ހުޅުވާލީ، މާސްޓަރސްއިން އޯޓީޒަމްއާއި މާސްޓަރސް އޮފް އެޑިޔުކޭޝަނަލް އެސިސްޓިވް ޓެކްނޮލޮޖީގެ ދާއިރާއިންނެވެ. އޯޓިޒަމަށް ޚާއްޞަކޮށްގެން ހަތަރު ފަރާތަކަށް ސްކޮލަރޝިޕަށް ދޭން ނިންމާފައއިވާއިރު، އެސިސްޓިވް ޓެކްނޮލޮޖީގެ ދާއިރާއަށް ހުޅުވާލީ ތިން ފުރުސަތެވެ.
މި ކޯސްތަކުގެ ޝަރުތަކީ ކޯހާ ގުޅޭ ދާއިރާއަކުން ބެޗެލާސް ޑިގްރީ ހާސިލް ކޮށްފައިވުން ނުވަތަ ސަރުކާރު ސްކޫލެއްގައި މަދުވެގެން ދެ އަހަރު މަސައްކަތް ކޮށްފައިވުމެވެ.
ސަރުކާރުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ އެ ސްކޮލަށިޕްގައި ކިޔަވައި ނިމިގެން ރާއްޖެ އައުމުން އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ސްކޫލެއްގައި ނުވަތަ އެފަދަ ތައުލީމު ދިނުމަށް ހާއްސަ ކޮށްފައިވާ ތަނެއްގައި މަސައްކަތް ކުރަންޖެހެއެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިން "މައި އެޑިޔު" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
advertisment
ހިޔާލު