އެމްއެންޔޫގެ ދަސްވެނިވުން އޮކްޓޯބަރ 12ގައި، އަށް ފެކަލްޓީއަކުން 700 ދަރިވަރުން ދަސްވެނިވާނެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނުވުމުގެ ރަސްމިއްޔާތު އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މި ފަހަރު ރަސްމިއްޔާތު ބާއްވަނީ އެއް ސެޝަނަށް ދަރުބާރުގޭ ރަންނަބަޑޭރި މާލަމުގައެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ، އެ ޔުނިވަރސިޓީގެ އަށް ފެކަލްޓީއަކުން 700 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވާއިރު، އެ ރަސްމިއްޔާތުގައި 300 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާނެ ކަމަށެވެ. މިދިޔައަހަރު މެއި މަހު ބޭއްވި ދަސްވެނިވުމުގެ ހަފްލާގައި 400 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ.

ދަރިވަރުން ދަސްވެނިވާ ފެކަލްޓީތައް

  • ސްކޫލް އޮފް ނަރސިންގ
  • ފެކަލްޓީ އޮފް ހެލްތު ސައިންސަސް
  • ފެކަލްޓީ އޮފް އެޑިއުކޭޝަން
  • ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ
  • ފެކަލްޓީ އޮފް އަރޓްސް
  • ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
  • ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ
  • އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *