މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއް ފަހަރު އައްޑޫ ސިޓީގެ ހިތަދޫ ސްކޫލުން ބާއްވާ "އޯކިޑް ރަން" އަށް މި އަހަރުވެސް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.
މި ފަހަރުގެ ދުވުން ބޭއްވީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުއެވެ.
މި އަހަރު މި ދިވުން ކުރިއަށް ގެންދިޔައީ ފަންޑްރައިޒިންގ ހަރަކާތެއްގެ ގޮތުގައި ބިބް ވިއްކައިގެންނެވެ.

ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ ދަރިވަރު ނޫހަށް ވިދާޅުވީ ވިއްކަން ކަނޑައެޅި 600 ބިބް ވިކުނު ކަމަށާއި ބިބާ ނުލައި ވެސް ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވި ކަމަށެވެ.
" އެންމެންނަށް ވެސް ދުވެވޭ ގޮތަށް ދުވުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ. ބިބް ގަތް ފަރާތްތަކަށް މެޑަލް ދިނީ" އާސިޔަތު ވިދާޅުވިއެވެ.

" އޯކިޑް ރަން" ކުރިއަށް ގެންދިޔައީ 1 ކިލޯމީޓަރު، 3 ކިލޯމީޓަރު އަދި 5ކިލޯމީޓަރަށެވެ. ދުވުން ކުރިއަށް ގެންދިޔައީ ހިތަދޫ ސްކޫލުން ފެށިގެން އެރަށު ބޮޑެތު މަގުތަކުގައެވެ.

އާސިއަތު ވިދާޅުވީ އަންނަ އަހަރު އެ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލްގެ ހަރަކާތްތައް ފެށުމުގެ ގޮތުން ޚާއްޞަ ދުވުމެއް އަންނަ އަހަރު ކުރީކޮޅު ބާއްވަން ތައްޔާރު ވަމުން އަންނަ ކަމަށެވެ.
advertisment
ހިޔާލު