ޝައިޚް އިބްރާހިމް ސްކޫލުން، ބޮޑު ފޮތް ހެދުމުގެ މުބާރާތެއް ބެލެނިވެރިންނަށް

ހއ. ކެލާގައި ހުންނަ ޝައިޚް އިބްރާހިމް ސްކޫލުން، ބޮޑު ފޮތް ހެދުމުގެ މުބާރާތެއް އެ ސްކޫލުގެ ބެލެނިވެރިންނަށް ހުޅުވާލައިފިއެވެ. ހުރިހާ ބެލެނިވެރިންނަށް ވެސް މި މުބާރާތުގައި ބައިވެރިވެވޭއިރު،  ފޮތް ހުށަހަޅަން ޖެހޭ މުއްދަތެއް ކަމަށް ބުނެފައި ވަނީ ސެޕްޓެމްބަރު މަހުގެ 30ން އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ސްކޫލުން ބުނެފައި ވަނީ އެލްކޭޖީން ފެށިގެން ގުރޭޑް 10އާ ހަމައަށް ކޮންމެ ގުރޭޑަކަށް ވަކިން ހަދާ މި ފޮތްތަކުގެ ސަބަބުން ބެލެނިވެރިންގެ ހުނަރާއި އިބްރަތްތެރި ވާހަކަތަކާއި ކުރެހުމާއި ލިޔުންތަކަށް ދަރިވަރުން ޝަޢުޤުވެރިވާނެ ކަމަށެވެ.

ފޮތެއްގައި ހިމަނާނެ ސަފްޙާގެ އަދަދަކީ 8 އާއި 12 އެވެ.

މުބާރާތައް ހުށަހަޅާ ފޮތްތަކުގެ ތެރެއިން އެންމެ މޮޅު ތިން ފޮތް ހޮވާ އިނާމް ދޭން ނިންމާފައިވާ ކަމަށް ޝައިޚް އިބްރާހިމް ސްކޫލުން ބުނެއެވެ.

ައިޚް އިބްރާހިމް ސްކޫލުގައި 250 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *