ރެހެންދި ސްކޫލަށް އަށް އަހަރު، އަހަރީ ޕެރޭޑް ހުޅުމާލޭ ބޮޑެތި މަގުތަކުގައި

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލަށް އަށް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ޚާއްޞަ ޕެރޭޑަކާއެކު ހިނގާލުމެއް ބާއްވައިފިއެވެ. މިއީ ހުޅުމާލޭގެ ސްކޫލަކުން އެ އަރަށުގައި ބޭއްވި ފުރަތަމަ ޕެރޭޑެވެ.

މި ހިނގާލުމުގައި އެ ސްކޫލުގެ ކެޑޭޓުންނާއި ބޭންޑާއި ސްކައުޓާއި ގާރލްގައިޑް އަދި ލިޓްލްމެއިޑުން ބައިވެރިވިއެވެ. އަދި ސްކޫލުގެ މުދައްރިސުންނާއި ސްޓާފުން ވެސް މި ހިނގާލުމުގައި ބައިވެރިވިއެވެ.

ފާއިތުވި އަށް އަހަރު ދުވަހުގެ ތެރޭގައި ރެހެންދި ސްކޫލުން ވަނީ ރަނގަޅު ކާމިޔާބީއެއް، ސާނަވީ އިމްތިޙާނާއި ކުޅިވަރާއި އަދަބީ ހަރަކާތްތަކުން ހޯދާފައެވެ.

ގުރޭޑް ދިހައަކާ ހަމައަށް ކިޔަވައިދެމުން އަންނަ ރެހެންދި ސްކޫލުގައި 2،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *