ޗައިނާ ސަފީރު ދެއްވާ 10،000 ރުފިޔާގެ އިނާޔަތަށް ކުރިމަތިލާން އެމްއެންޔޫއިން ހުޅުވާލައިފި

ޗައިނާ ސަފީރު، ވަންގް ލިޝިންގް ދޭ 10،000 ރުފިޔާގެ އިނާޔަތަށް ކުރިމަތިލާން އެމްއެންޔޫއިން ހުޅުވާލައިފިއެވެ. މި އެހީ ދިނުމާ ގުޅޭ ފަހުމުނާމާއެއްގައި މީގެ ދުވަސްތަކެއް ކުރިން ވަނީ ސޮއިކުރައްވާފައެވެ.

ކޮންމެ އަހަރަކު ވެސް މި އިނާޔަތް ދެނީ ޤައުމީ ޔުނިވަރސިޓީގެ ދިހަ ދަރިވަރުންނަށެވެ.

މި އިނާޔަތް ދިނުމަށް މީގެ ކުރިން އެމްއެންޔޫއިން ހުޅުވާލި ފުރުޞަތުގައި ކުރިމަތިލި ދަރިވަރުންގެ ތެރެއިން ހަތަރު ދަރިވަރަކު ވަނީ ހޮވާފައެވެ. ބާކީ ހަ ދަރިވަރުންނަށް ފުރުޞަތު ދިނުމުގެ ގޮތުން އެ ޔުނިވަރސިޓީން ފުރުޞަތު ހުޅުވާލީ ބުރާސްފަތި ދުވަހުއެވެ.

އެމްއެންޔޫއިން ބުނީ މި އިނާޔަތް ދޭނީ އެކަމަށް އެންމެ އަކަށޭނެ ދަރިވަރުންނަށް ކަމަށެވެ. މާލީ އިނާޔަތަށް ދޭނެ ފަރާތްތައް ކަނޑައަޅާނީ ޔުނިވަރސިޓީން ސްކޯލަރޝިޕް ދޭ މިންގަނޑާ އެއްގޮތަށް ކަމަށް ވެސް އެ ޔުނިވަރސިޓީން ބުނެއެވެ.

މި އިނާޔަތަށް އެދި ހުށަހަޅާ ދަރިވަރުން ތަޢުލީމީ އަދި މާލީ އެހީތެރިން ބޭނުންވާ ކަމުގެ ލިޔެކިޔުންތަކާއި، ޗައިނާ ނޫނީ ޗައިނާއާއި ރާއްޖޭގެ ގުޅުމާ ބެހޭ ގޮތުން އެއްހާސް ލަފުޒަށްވުރެ ކުރުނޫން ބަޔާނެއް ހުށަހަޅަން ޖެހެއެވެ.

ޗައިނާ ސަފީރުގެ މާލީ އެހީތެރިކަމަށް ހުށަހަޅަން ޖެހެނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *