ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ހުރިހާ ކޯސްތަކެއް ކުރިއަށް ދާނީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ވަނީ ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް ޕްރޮމޯޓް ކޮށް އެތަނުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކާ އިންސްޓިޓިއުޓާ ގުޅޭ މުހިންމު މަޢުލޫމާތުތައް އެ ސަރަހައްދުގެ ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ އަތޮޅުގެ 11 ރަށެއްގައި މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ބާއްވާފައެވެ.
ރ.އަލިފުށީ ޓިވެޓް ސެންޓަރުގައި، ބޯޓް ބިލްޑިންގ ދާއިރާއިން ޚާއްސަ ކޯސްތަކާއި އެހެނިހެން ވޮކޭޝަނަލް ދާއިރާތަކުން ތަފާތު ކޯސްތައް ހިންގަން ވަނީ ނިންމާފައެވެ. އެއީ ނެޝަނަލް ސެޓިފިކެޓް 3 އިން ފައިބަރގްލާސް ބޯޓް ބިލްޑިންގ، ނެޝަނަލް ސެޓިފިކެޓް 3 އިން ޕްރޮގްރާމިންގ، ނެޝަނަލް ސެޓިފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ، ސެޓިފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ، ސެޓިފިކެޓް 3 އިން އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން، ނެޝަނަލް ސެޓިފިކެޓް 4 އިން ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ، އެޑްވާންސް ސެޓިފިކެޓް އިން އިންފޮމޭޝަން ޓެކްނޮލޮޖީ، އެޑްވާންސް ސެޓްފިކެޓް އިން ޕްރޮގްރާމިންގ، ޑިޕްލޮމާ އިން ޕްރޮގްރާމިންގ، ޑިޕްލޮމާ އިން ނެޓްވޯކިންގއެވެ.
މިއިންސްޓިޓިއުޓްގައި ހިންގޭ ހުރިހާ ޓިވެޓް ކޯސްތަކެއްގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން "ޓްރާންސިޝަން360″ – ޓިވެޓް ސްޓޫޑެންޓް އިންކިއުބޭޝަން ޕްރޮގްރާމެއް ކުރިޔަށް ގެންދާނެ ކަމަށާއި ދަރިވަރުން ކިޔަވާ ކޯސްތަކުގެ މޮޑިއުލްތަކުގެ އިތުރުން 30 ގަޑިއިރުގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ކުރިޔަށް ގެންދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެއީ، ދަރިވަރުން ކޯސް ނިމުމަށްފަހުގައި ވެސް މި އިންސްޓިޓިއުޓުގެ ވޯކްޝޮޕްގެ ޚިދުމަތް އެއް އަހަރުދުވަހުގެ މުއްދަތަށް ބޭނުންކޮށް އެކިޔެވި ދާއިރާއަކަށް އިތުރަށް އަހުލުވެރިވެ، އަމިއްލަ ފައިމައްޗައް ތެދުވެ އަމިއްލަ މަސައްކަތެއް ފަށައިގަނެވޭނޭ ފެންވަރަށް، ދަރިވަރުންގެ ކިބައިގައި ހުނަރުވެރިކަމާއި ފަންނުވެރިކަން އުފެއްދުމުގެ ބޭނުމުގައެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، ރ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް އިމާރާތްކުރުމުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އިމާރާތުގެ ގްރައުންޑް ފްލޯގެ މަސައްކަތްތައް ނިމި، ގްރައުންޑް ފްލޯގެ ޚިދުމަތްތައް ފަށައިގަތުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. އެކި ފޭސްތަކަކަށް ބަހާލެވިގެން ކުރިއަށްދާ މި ޓިވެޓް އިންސްޓްޓުގައި 4 ބްލޮކެއް ހިމެނިފައިވެއެވެ. އެއީ އިންސްޓިޓިއުޓް ބްލޮކާއި، ބޯޓްޔާޑް ވޯކްޝޮޕް ބްލޮކަކާއި، ރެކްރިއޭޝަން ބްލޮކާއި އެކަމަޑޭޝަން ބްލޮކެކެވެ. ފުރަތަމަ ފިޔަވަހީގައި އިންސްޓިޓިއުޓް ބްލޮކްގެ ގްރައުންޑް ފްލޯގެ މަސައްކަތްތައް ނިންމައި އޮކްޓޫބަރު މަހުގެ ތަރޭގައި ގްރައުންޑް ފްލޯ ޚިދުމަތަށް ހުޅުވައިލާނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. ދެވަނަ ފިޔަވަހީގައި އިންސްޓިޓިއުޓް ބްލޮކްގެ ފުރަތަމަ އަދި ދެވަނަ ފްލޯގެ މަސައްކަތްތަކާއެކު ބޯޓް ބިލްޑިންގ ވޯކްޝޮޕްގެ މަސައްކަތްތައް ނިންމައި ނޮވެމްބަރު މަހު ޚިދުމަތް ދޭނެއެވެ. ފިޔަވަހީގައި އެކަމަޑޭޝަން އަދި ރިކްރިއޭޝަން ބްލޮކްގެ މަސައްކަތްތައް ނިންމައި މިއަހަރު ޑިސެންބަރު ހުޅާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
advertisment
ހިޔާލު