ގދ. އޭއީސީގެ "ކެވެލި" މަޖައްލާގެ އިތުރު އަދަދެއް ނެރެފި

ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ މަޖައްލާ "ކެވެލި" އިތުރު ޢަދަދެއް ނެރެފިއެވެ.

ކޮންމެ އަހަރަކު 3 ފަހަރު ނުވަތަ 2 ފަހަރު ނެރޭ މި މަޖައްލާ ޢާންމުގޮތެއްގައި ނެރެނީ އަހަރީ ދުވަހާއި އިނާމުދިނުމުގެ ޖަލްސާގެ ރަސްމިއްޔާތުގައެވެ. މިއަހަރުގެ އިނާމުދިނުމުގެ ޖަލްސާގައި ވަނީ ކެވެލީގެ 23 ވަނަ ޢަދަދު ނެރެފައެވެ.

މި މަޖައްލާއަކީ ދަރިވަރުން ދިވެހި ބަހާއި އިނގިރޭސިބަހަށް އޮންނަ ލޯބި އިތުރުކުރުމުގެ މަޤްޞަދުގައި ސްކޫލުގެ ޕްރިފެކްޓު ބޯޑުގެ ދަރިވަރުން އިސްނަގައިގެން ސްކޫލުގައި ނެރެމުންދާ މަޖައްލާއެކެވެ. މިފަހަރު މަޖައްލާގެ މަސައްކަތުގައި އެންމެ އިސް ރޯލެއް އަދާކުރީ މިސްކޫލުގެ ސްކޫލު ކެޕްޓަން ޝަޔާން ޝިޒާނެވެ. މި ކަމުގައި ސްކޫލުގެ އިސްވާރުންގެ ވަރަށްބޮޑު އެހީތެރިކަމެއް ވަނީ ލިބިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *