"ހުވަދޫ އެޑިއުނޯވާ" ހުވަދު އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ލީޑަރޝިޕް ޕްރޮގްރާމެއް

ދަރިވަރުންގެ ތަޢުލީމީ ފެންވަރު ރަގަޅުކޮށް، ހަރުދަނާ ތަޢުލީމީ ޖީލެއްބިނާކުރުގެ މަގުސަދުގައި ގއ. އަދި ގދ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ލީޑަރޝިޕް ޕްރޮގްރާމެއް ބާއްވައިފިއެވެ.

" ހުވަދޫ އެޑިއުނޯވާ" ގެ ނަމުގައި މި ޕޮރްގްރާމް ބާއްވާފައިވަނީ އޮގަސްޓް 31 އިން ސެޕްޓެމްބަރ 3 އަކަށެވެ. މީގެ ތެރޭގައި ގއ އަދި ގދ ގެ ޕްރިންސިޕަލުންނަށް 7 ގަޑިއިރުގެ ލީޑަރޝިޕް ޕްރޮގްރާމަކާއި، ގދ އަތޮޅުގެ ހުރިހާ ލީޑިންގ ޓީޗަރުންނަށް 8 ގަޑިއިރުގެ ލީޑަރ ޝިޕް ޕޮރޮގްރާމެއްގެ އިތުރުން ތިނަދޫގައި ހުންނަ ގދ. އަތޮޅުތަޢުލީމީ މަރުކަޒާއި އަބޫބަކުރު ސްކޫލާއި އަދި ތިނަދޫ ސްކޫލުގެ ޓީޗަރުންނަށް ކުލާސްރޫމް މެނޭޖްމެންޓާ ގުޅޭގޮތުން ހިންގުނު ފަސް ގަޑިއިރުގެ ޕްރޮގްރާމެއް ހިމެނެއެވެ. މި ޕޮރްގްރާމްގެ ތެރެއިން ޖުމްލަ 178 ބައިވެރިން ތަމްރީނު ކުރެވިފައިވެއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމަކީ ގދ. ތިނަދޫގެ 3 ސްކޫލާއި ގދ. ޓީއާރުސީ އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިތުރުން ތިނަދޫ ސިޓީކައުންސިލާއި، ގދ އަތޮޅުކައުންސިލާއި، ތިނަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މި ޕޮރްގްރާމްގެ ސެޝަންތައް ކުރިއަށް ގެންދެވިފައި ވަނީ އެމްއެންޔޫ ތިނަދޫ ކެމްޕަހުގައެވެ. ޝެޝަންތައް ނަންގަވައި ދެއްވީ މެލޭޝިޔާގެ ޕްރޮފެސަރެއް ކަމުގައިވާ ޑޮކްޓަރ މަހޭޝްވަރިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *