ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ވަނީ ފަހި ކުތުބުޙާނާގެ ނަމުގައި އިވެންޓެއް އޮކްޓޯބަރ 26 ވާ ބުރާސްފަތިދުވަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބާއްވަން ނިންމައިފިއެވެ.
މި ހަރަކާތް ކުރިއަށް ދާނީ 26 ވަނަ ދުވަހު ހަވީރު 4ން ރޭގަނޑު 10 އަށެވެ.
ފަހި ކުތުބުޙާނާއަކީ ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖުމްލަގޮތެއްގައި އެންމެހާ އަތޮޅުތަކުގައި ހުރި އެކިކަހަލަ މަޢުލޫމާތުތަކާއި، ރަށްތަކާއި ބެހޭގޮތުން ނޭނގޭ ބައިވަރު އެކިކަހަލަ މައުލޫމާތު އާންމުންނާއި ހިސާބަށް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި މި ހަރާކާތުގެ އަލީގައި ދިވެހިރާއްޖޭގެ އެންސައިކްލޮޕީޑިއާއެއް ރިއަލް ޓައިމްގައި ތަޖުރިބާކޮށް، ރާއްޖޭގެ އަތޮޅުތަކާ ގުޅުވާލަދީ އެފަދަ ތަންތަނަށް ޒިޔާރަތް ކޮށްލެވޭ ފަދަ އިޙްސާސްކޮށްލަދެވޭނެ ގޮތަކަށް އެއްތާކުން މަޢުލޫމާތު ހޯދާ ބަލާލެވޭނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.
ފަހި ކުތުބުޙާނާގެ ހަރަކާތް އާންމުންނަށް ހުޅުވައިލެވިގެން ބާއްވައިރު ކުޑަކުދިންނަށް ހާއްސަ ކޮށްގެން ގިނަ ކުޅިވަރުތައް ވެސް ކުރިއަށް ގެންދެއެވެ.
ފަހި ކުތުބުޙާނާގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ އާއި ޤައުމީ ޔުނިވާރސިޓީގެ ލައިބްރަރީ ޕްރޮމޯޓްކޮށް، ރާއްޖޭގެ އެކިއެކި އަތޮޅު އަދި ރަށްތަކާއި ބެހޭގޮތުން ނޭނގޭ ބައިވަރު އެކިކަހަލަ މައުލޫމާތު މީހުނަށް މި ހަރަކާތުގެ އަލީގައި އަންގައިދިނުމެވެ. ލައިބްރަރީ އަކީ މައުލޫމާތު ފަތުރާ މައުލޫމަތު ހޯދުމަށް އޮތް މަގެއްކަން މީހުނަށް ބުނެދިނުމާއި ހަމައެކަނި ލައިބްރަރީއިން މައުލޫމާތު ލިބިގެން ދަނީ ފޮތްތަކުން އެކަނި ނޫންކަމާއި އާ ކަންކަން ދަސްކޮށްދޭ ނުވަތަ އާ މައުލޫމާތު ލިތްބައިދޭ ހަރަކާތްތަކުން ވެސް މީހުންގެ ހަނދާނުގައި ހަރުލާފަދަ މައުލޫމާތުތަކެއް ލައިބްރަރީއިން ފޯރު ކޮށްދެވިދާނެކަން އަންގައިދިނުމެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، ކޮންމެ އަތޮޅަކުން ވެސް އެއަތޮޅެއްގެ ހާއްސަކަމެއް ނުވަތަ ކުރާ މޮޅުކަމެއް މި ހަރކާތުގެ ތެރެއިން ދައްލާނެ ކަމަށާއި އަތޮޅެއްގައި ކުތުބުޚާނާއާއި ގުޅޭ ކަމެއް ޙިއްސާ ކުރަން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، މިހަރަކާގުގެ ތެރެއިން އެ ޔުނިވަރސިޓީގެ ލައިބްރަރީގެ ސަރުނައަށް ލުމަށް ތަކެތި ހޯދަން ނިންމާފައިވާ ކަމަށާއި ރާއްޖެ ތަމްސީލްކުރާ އެކި ކަހަލަ ރޮނގުތަކުގައި މަސައްކަތް ކޮށްދެއްވާފައިވާ ބޭބޭފުޅުންގެ ހަނދާންއާކޮށްލުން އަދި މި ޖީލުގެ ދަރިންނަށް އެބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ދައްކާލުމަށް ފަހި ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
advertisment
ހިޔާލު