1445: ޤައުމީ ޔުނިވަރސިޓީއަށް ގުޅަން މާ ފަސޭހަ ގޮތެއް

ޤައުމީ ޔުނިވަރސިޓީގައި ކޯލްސެންޓަރެއް ޤާއިމްކޮށް އެ ޔުނިވަރސިޓީއަށް ގުޅޭނެ ހޮޓްލައިން ނަމްބަރެއް ތަޢާރަފު ކޮށްފިއެވެ. 1445 ނަމްބަރުން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 ން މެންދުރު 2 ށް ޚިދުމަތް ދޭނެއެވެ.

އެމްއެންޔޫއިން ބުނީ ހޮޓްލައިންއެއް ޤާއިމްކޮށް ކުރުމުން އެ ޔުނިވަރސިޓީން ޚިދުމަތް ހޯދާ ފަރާތްތަކަށް އެތައް ގޮތަކުން ފަސޭގަވެގެންދާނެ ކަމަށެވެ.

މަތީ ތަޢުލީމަށް ރައްޖޭގެ އެންމެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދާ ޔުނިވަރސިޓީއަށް 50 އަހަރު ފުރުނީ މިދިޔަ ހުކުރު ދުވަހުއެވެ.

ޤައުމީ ޔުނިވަރސިޓީން ދޭ ޚިދުމަތްތަކާއި ކިޔަވައިދޭ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމަކީ އެ ޔުނިވަރސިޓީން އެންމެ އިސްކަންދޭ ކަންތައްތަކެވެ.

ހޮސްޕިޓަރލިޓީ މެނޭޖްމަންޓް ޔުނިވަރސިޓީ ތަކުގެ ދުނިޔޭގެ އެއްވަނައިގައި އޮތް ސުވިޒަލެންޑްގެ އިކޯލް ހޮޓެލިއާ ޑި ލޮޒާން (އީއެޗްއެލް)ގެ އެސޯސިއޭޓެޑް މެމްބަރުކަން ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަރލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒަށް ދާދި ފަހުން ވަނީ ލިބިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *