ފޮތް ލިޔަން އެމްއެންޔޫގެ މުވައްޒަފުންނާއި ދަރިވަރުންނަށް އެއްލައްކަ ރުފިޔާއާ ހަމައަށް އެހީދެނީ  

ފޮތް ލިޔަން ބޭނުންވާ އެމްއެންޔޫގެ މުވައްޒަފުންނާއި ދަރިވަރުންނަށް އެއްލައްކަ ރުފިޔާއާ ހަމައަށް ހިލޭ އެހީދޭން ނިންމައި އެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

އެމްއެންޔޫއިން ބުނީ ފޮތް ލިޔަން އެހީ ދެނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ

* ކުޑަމިންވަރު: 10،000 ރުފިޔާ އާހަމައަށް ފައިސާގެ އެހީދެވޭ

* މެދުމިންވަރު: 10،000 – 50،000 ރުފިޔާ އާހަމައަށް ފައިސާގެ އެހީދެވޭ

* މަތީމިންވަރު: 50،000 – 100،000 ރުފިޔާ އާހަމައަށް ފައިސާގެ އެހީދެވޭ

އެމްއެންޔޫއިން ބުނީ، ޔުނިވަރސިޓީގެ ކޮންމެ މުވައްޒަފަކަށް ވެސް އެމީހަކު ލިޔުމަށް ބޭނުންވާ ފޮތަކަށް ފައިސާގެ އެހީ ހޯދުމަށް އެދެވިދާނެ ކަމަށެއެވެ. ފޮތް ލިޔަން އެހީ ދޭނީ ހުށަހަޅާ ޕްރޮޕޯޒަލްތައް ބުކް ގްރާންޓްސް ކޮމިޓީން، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބިނާކޮށް، ފެންވަރު ވަޒަން ކުރުމަށްފަހު ހޮވޭ ޕްރޮޖެކްޓް ތަކަށެވެ.

ގްރާންޓަށް އެދޭ ފަރާތްތަކުން މި މެމޯއާއި އެކުގައިވާ ފޯމް ފަރުވާތެރިކަމާއެކު ހުރިހާ ބައިތައް ހިމެނޭގޮތަށް ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު "ޔުނިވަރސިޓީ ބުކް ގްރާންޓްސް ކޮމިޓީގެ ޗެއަރމަނަށް" އެޑްރެސްކޮށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ޔުނިވަރސިޓީގެ ބުކް ގްރާންޓްސް ކޮމިޓީއަށް ހުށަހަޅުއްވާނީ 15 އޮކްޓޫބަރ 2023 ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ. އަދި މިއެޕްލިކޭޝަން ފޯމާއި ގުޅުންހުރި ލިޔުންތަކުގެ އިލެކްޓްރޯނިކް ކޮޕީއެއް research@mnu.edu.mv  އަށް ފޮނުއްވައިދެއްވުން އެދެމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *