ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަ ކުރުމުގެ ގޮތުން އެ ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންނަށް ޚާއްޞަ ކުޅިވަރު ފެސްޓިވަލެއް މިއަދު ހެނދުނު ބާއްވައިފިއެވެ. މި ފެސްޓިވަލް ޝަރަފުވެރިކޮށް ދެއްވައި ކުޅިވަރުތަކުގައި އަމަލީ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޅިވަރު ފެސްޓިވަލް ފެށުމުގެ ކުރިން 50 އަހަރު ރަމްޒުކޮށްދޭ ނެންގެވިއެވެ. ދިދަ ނަންގަވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދާއި އެމްއެންޔޫގެ ވައިސް ޗާންސަލަރ މުޙައްމަދު ޝަރީފެވެ. އަދި އެމްއެންޔޫ 50 ރަމްޒުކޮށްދޭ ކޭކު ފެޅުން އޮތެވެ. ކޭކު ފަޅުއްވައި ދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދެވެ. އެމްއެންޔޫގެ 50 އަހަރު ރަމްޒުކޮށްދިން ކޭކުގައި ބޭނުންކޮށްފައި ވަނީ ކަޕް ކޭކެވެ.

1 ސެޕްޓެމްބަރު 1973 ގައި އުފެދިގެން އައި ޤައުމީ ޔުނިވަރސިޓީއަށް 50 އަހަރު ފުރުނީ އިއްޔެއެވެ. ރަންޔޫބީލްގެ ހަރަކާތްތައް ފެށީ އިއްޔެ، ފަތިސް ނަމާދުގެ ޖަމާއަތުންނެވެ. މިއަދު ހެނދުނު ކުރިކެޓް ސްޓޭޑިއަމްގައި އޮތީ ރަންޔޫބީލް ކުޅިވަރު ފެސްޓިވަލެވެ. މި ފެސްޓިވަލުގައި ޔުނިވަރސިޓީގެ ސްޓާފުންނާއި ދަރިވަރުން ބައިވެރިވިއެވެ.
މި ފެސްޓިވަލުގައި މަޖާ އެއްތައް ކުޅިވަރެއް ކުރިއަށް ގެންދިޔައެވެ. ޔުނިވަރސިޓީގެ އެންމެ އިސްވެރިންނާއެކު މުވައްޒަފުންނާއި ދަރިވަރުން އެ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެ ދެއްކީ އެކުވެރިކަމާއި ހިނިތުންވުމެވެ.

ކުޅިވަރު ފެސްޓިވަލަށްފަހު އެމްއެންޔޫ 50 ގެ ބައްޓަމަށް ހުރިހާ އެންމެން އެތުރިލައިގެން ފޮޓޯއެއް ނެގިއެވެ.
އެމްއެންޔޫއިން ބުނީ ރަންޔޫބީލްގެ ހަރަކާތްތައް އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާލާފައިވާ ކަމަށެވެ.
advertisment
ހިޔާލު