އެމްއެންޔޫގެ ރަންޔޫބީލް ފާހަގަކުރަން މުވައްޒަފުންނާއި ދަރިވަރުންގެ ކުޅިވަރު ފެސްޓިވަލެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން މުވައްޒަފުންނާއި ދަރިވަރުންގެ ކުޅިވަރު ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.

ޤައުމީ ޔުނިވަރސިޓީއަށް 50 އަހަރު ފުރޭނީ އަންނަ ހުކުރު ދުވަހުއެވެ. އެ ދުވަހުގެ ހަރަކާތްތައް ފަށަން ނިންމާފައި ވަނީ ސަލްމާން މިސްކިތުގައި ޖަމާއަތުގައި ކުރާ ފަތިސްނަމާދުންނެވެ. އެއަށްފަހު ޔުނިވަރސިޓީގެ ޖުބިލީ ދިދަ ނެގުމަށް ޚާއްޞަ ރަސްމިސްޔާތެއް ހުކުރު ދުވަހުގެ ހެނދުނު 6:00ގައި ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި ބާއްވަން ވަނީ ނިންމާފައެވެ.

ސްޓާފުންނާއި ދަރިވަރުންގެ ކުޅިވަރު ފެސްޓިވަލް ތާވަލު ކޮށްފައި ވަނީ ހޮނިހިރު ދުވަހު ހެނދުނަށެވެ. ކުޅިވަރު ހަރަކާތައްތައް މާފަންނު ސްޓޭޑިއަމްގެ ޓްރެކް ދަނޑުގައި ފެށުމުގެ ކުރިން ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުން އެކުވެގެން 50 އަހަރު ފުރުން ފާހަގަ ކުރުމަށް "50″ ގެ ބައްޓަމަށް އެތުރިލާނެއެވެ. އެއަށްފަހު އަހަރީ ކޭކް ފަޅާނެއެވެ.

ކުޅިވަރު ފެސްޓިވަލުގައި ހިމެނޭ ކުޅިވަރުތައް ކުރިއަށް ގެންދާނީ  ޓެރެކް ދަނޑުގެ ހަތަރު ސަރަހައްދެއްގައެވެ.

އެމްއެންޔޫއިން ބުނީ ކުޅިވަރު ހަރަކާތްތައް ހޮނިހިރު ދުވަހުގެ ހެނދު 9:30އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށާއި އޭގެ ފަހުން އޮންނާނީ ދަނޑުގެ ވަށައިގެންވާ ސަރަހައްދު ސާފު ކުރުމެވެ.

ރަންޔޫބީލްގެ ހަރަކާތްތައް އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން އެމްއެންޔޫއިން ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *