މުޙައްމަދު ޤާސިމްގެ މަރުވާރުލު ވާހަކަ ސީރީޒް ދިހަ އަހަރަށްފަހު، އަލުން ނެރެނީ

މުޙައްމަދު ޤާސިމްގެ މަރުވާރުލު ވާހަކަ ސީރީޒް ދިހަ އަހަރަށްފަހު، އަލުން ނެރެން ނިންމައިފިއެވެ.

ފަޅުރަށަކަށް ދަތުރު ދާ ކުދި ބަޔަކަށް ދިމާވާ އާދަޔާޚިލާފު ކަންތައްތަކެއް ދައްކައިދޭ މި ވާހަކަ ސީރީޒްގެ އެންމެ ފުރަތަމަ ބައި ނެރުނީ 2004ވަނަ އަހަރުއެވެ. ހަ ބައެއްގެ މައްޗަށް އެކުލެވޭ މަރުވާރުލު ސީރީޒްގެ އެންމެ ފަހު ބައި ނެރުނީ 2014ވަނަ އަހަރުއެވެ. ހަ ވަނަ އަދަދު ފިޔަވައި ކޮންމެ ބައެއް ފަސް ފަހަރެއްގެ މަތިން ޗާޕްކޮށްފައިވެއެވެ.

ސީއެޗްއެސްއީގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މުޙައްމަދު ޤާސިމް ވިދާޅުވި ގޮތުގައި، މަރުވާލުރުލަކީ ސާނަވީ އުމުރުގެ ކުދިންނާ ގުޅޭ ގޮތަށް ލިޔެފައި ހުންނަ ދިވެހި ވާހަކަ ވަރަށް މަދު ކަމަށް ފެންނާތީއާއި އެ އުމުރުގެ ކުދިންނަށް ޚާއްޞަކޮށްގެން ވާހަކައެއް ލިޔުމަށް ބައެއް ރައްޓެހިން ޚިޔާލު ދޭތީ، އެ އުމުރުފުރައަށް ޚާއްސަކޮށްގެން ލިޔުނު ސިލްސިލާ ވާހަކައެކެވެ.

އޭނާ ވިދާޅުވީ މި ސިލްސިލާ އަލުން ނެރެނީ، ގިނަ ބެލެނިވެރިންތަކެއް އެ ކަމަށް އެދެމުންދާތީއެވެ.

މަރުވާރުލު ސީރިޒްގައި ހިމެނޭ ހަ ފޮތް އަލުން ނެރޭއިރު، ބޭރުގަނޑުގެ ޑިޒައިންއަށް ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ.

މަރުވާރުލު ސީރީޒް ނެރޭއިރު، ވަކިވަކިންނާއި މުޅި ސީރީޒް އެއްކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އެ ވާހަކަ ޕަބްލިޝްކުރާ ފަރާތުން ބުނެއެވެ. މި ވާހަކަ ފޮތް ޕްރީ އޯޑަރަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

މިއީ ޓީނޭޖް ޢުމުރުފުރައިގެ ކުދިންނަށް އަމާޒުކޮށް ރާއްޖޭގައި ނެރުނު އެންމެ ކާމިޔާބު ދިވެހި ވާހަކަ ސީރީޒެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *