ކަލާފާނާއި މަޖީދިއްޔާގައި ސްޓެމް އެޑިޔުކޭޝަން ފަށައިފި

ކަލާފާނު ސްކޫލާއި މަޖީދިއްޔާ ސްކޫލްގައި ސްޓެމް އެޑިޔުކޭޝަން ފަށައިފިއެވެ. މި ދެ ސްކޫލުގައި ވެސް ސްޓެމް އެޑިޔުކޭޝަން ފެއްޓަވައި ދެއްވީ ބުދަދުވަހު، ވަކިވަކިން ބޭއްވި ރަސްމިއްޔާތުގައި، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދެވެ.

ސްޓެމް އަކީ ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އަދި ހިސާބުގެ ދާއިރާތައް އެކުލެވިގެން އުނގަންނައިދޭ ތަރައްގީގެ އާ ވިސްނުމެކެވެ. ސްޓެމް މެދުވެރިކޮށް ދަރިވަރުންނަށް މުހިންމު ހުނަރުތައް ދަސްކޮށްދެއެވެ.

ސްކޫލްތަކުގައި ސްޓެމް އެޑިޔުކޭޝަން ފަށަން ބޭނުންވާ އާލާތްތައް މިހާރު ވަނީ ސްކޫލްތަކަށް ފޯރުކޮށްދީފައެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ސްކޫލްތަކުގައި ވެސް ސްޓެމް އެޑިޔުކޭޝަން ތަޢާރަފު ކުރަން ވަނީ ނިންމާފައެވެ. ވޯލްޑް ބޭންކުގެ އެހީގައި ސްޓެމް އެޑިޔުކޭޝަން ޤާއިމު ކުރާ 28 ސްކޫލްގެ 98 ޓީޗަރުންނަށް އެންއައިއީ އިން ވަނީ ތަމްރީނު ވެސް ދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *