މަހަކު 5،000ރުފިޔާގެ އެލަވަންސަކާއެކު ޤައުމީ ޔުނިވަރސިޓީން ކިޔެވުމުގެ ފުރުޞަތު ޖޮބްސެންޓަރުން ހުޅުވާލައިފިއެވެ.
މިއީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ދަށުން ސަރުކާރުން އެހީ ދީގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން އެމްއެންޔޫގައި ކިޔަވަން ހުޅުވާލީ ޓުއަރ ގައިޑިންގ އާއި ހައުސްކީޕިންގ އޮޕަރޭޝަންސްއާއި ކަލިނަރީ އާޓްސްގެ ދާއިރާއިންނެވެ. މިއީ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކެކެވެ.
މި ކޯސްތަކަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
މި ކޯސްތަކުގެ ޝަރުޠަކީ އަސާސީ ތަޢުލީމު ފުރިހަމަކުރުން ނުވަތަ ލެވެލް 2 ގެ ސަނަދެއް ހާސިލް ކޮށްފައި ވުމެވެ. ނޫނީ 18 އަހަރު ފުރިފައި ވުމާއެކު، ގުޅުން ހުރި ދާއިރާގައި އެއް އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުމެވެ.
ކަލިނަރީ އާޓްގައި ކިޔެވުމުގެ ފުރުޞަތު އެމްއެންޔޫގެ މާލެ ސިޓީގައި ހުންނަ މައި ކެމްޕަސްގައި ކުރިއަށް ގެންދާއިރު، ޓުއަރ ގައިޑިން އާއި ހައުސްކީޕިންގ އޮޕަރޭޝަންސްގެ ކޯސްތައް މާލޭގެ އިތުރުން ކުޅުދުއްފުށީ ކެމްޕަހުގައި ކުރިއަށް ގެންދާނެއެވެ.
ޖޮބް ސެންޓަރުން ބުނެފައި ވަނީ މި ކޯސްތަކުގެ ސަބަބުން ގުޅުން ހުރި ދާއިރާ ތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ހުނަރާއި ޢިލްމު ދަރިވަރުންނަށް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.
advertisment
ހިޔާލު