އެމްއެންޔޫގެ ފޮތް މައުރަޒު އަންނަ މަހު 20 ގައި

ޤައުމީ ޔުނިވަރސިޓީން ކޮންމެ އަހަރަކު ބާއްވާ ފޮތް މައުރަޒު މި އަހަރު ބާއްވާނީ އަންނަ މަހުގެ 20ން 21އަށް ކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.

އެމްއެންޔޫން ބުނީ ފޮތް މައުރަޒު ކުރިއަށް ދާނީ އެ ދެ ދުވަހު، ކޮންމެ ދުވަހެއްގެ ވެސް މެންދުރު 01:00 ން ރޭގަނޑު 10:00އަށް ކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ.

2021 އަދި 2022 ވަނަ އަހަރު ބޭއްވުނު ފޮތް މައުރަޒަށް ލިބުނު ތަރުޙީބުގެ ބޮޑުކަމަށް ޤައުމީ ޔުނިވަރސިޓީން ފާހަގަކުރެއެވެ.

މި މައުރަޒު ބާއްވާ މައިގަނޑު މަޤްޞަދުތައް ކަމަށް ޤައުމީ ޔުނިވަރސިޓީން ފާހަގަކޮށްފައި ވަނީ:

  • ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުން.-
  • ޕަބްލިޝް/ޝާއިޢު ނުކުރެވި ހުރި އައު ފޮތް ފަދަ އާލާތްތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުން. –
  • ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝަޢުގު އުފެއްދުން.
  • ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެފުރުސަތު ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުން.-

ޤައުމީ ޔުނިވަރސިޓީގެ ފޮތް މައުރަޒުގައި ބައިވެރިވާކަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. ފޮތް މައުރަޒުގއަި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 31 އޮގަސްޓް 2023، 14:00ގެ ކުރިން ރަޖިސްޓަރީ ކުރަން ޖެހެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *