ސީއެޗްއެސްއީގެ ގުރޭޑް 11އަށް ވަންނަން ޝަރުޠު ހަމަވާނަމަ ހުރިހާ ދަރިވަރުންނަށް ވެސް ފުރުޞަތު ދޭނެ ކަމަށް އެ ސްކޫލުން ބުނެފިއެވެ.
ދިރާސީ އާ އަހަރާއެކު ސީއެޗެއެސްއީގައި ކިޔަވައި ދެމުން އަންނަނީ ހުޅުމާލޭގައި އިމާރާތް ކުރި އެ ސްކޫލްގެ އާ އިމާރާތުގައެވެ.
ސީއެޗްއެސްއީން ބުނީ ގުރޭޑް އެގާރައަށް އަލަށް ކުދިން ވައްދަން މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ފޯމް ބަލައިގަންނާނެ ކަމަށެވެ.
ސީއެޗްއެސްއީގެ ޕްރިންސިލް އައިޝަތު ސަފޫރާ ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް އެ ސްކޫލަށް ވަންނަން ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުޞަތު ދޭން ނިންމާފައިވާ ކަމަށެވެ.
މިއަހަރު އެ ސްކޫލްގައި 1100 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
ސަފޫރާ ވިދާޅުވީ، އެ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންގެ ތެރެއިން ކުރިއަށް ދާނެ ސްޓްރީމެއް ކަނޑަނާޅާ ދަރިވަރުންނަށް، އެ ދަރިވަރުންނަށް އެންމެ ރަނގަޅު ސްޓްރީމެއް ކަނޑައެޅުމާ ގުޅޭ ގޮތުން ވެސް މައުލޫމާތު ދިނުމުގެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ސީއެޗްއެސްއީއަށް ވަންނަން ފޯމާއެކު ހުށަހަޅަން ޖެހެނީ ޖީސީއީ، އައިޖީސީއެސްއީ އަދި އެސްއެސްއީ ނަތީޖާގެ ކޮޕީއަކާއި ގުރޭޑް 10 ނިންމި ކަމަށް ސްކޫލުން ދޭ ލިޔުމުގެ ކޮޕީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެކެވެ.
ސީއެޗްއެސްއީއަކީ މާލޭގެ ސަރަހައްދުގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސަރުކާރުގެ ހަމައެކަނި ސްކޫލެވެ.
advertisment
ހިޔާލު