އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ)ގައި ޕައިލެޓް ލައިސަންސް ކޯސް ފުރިހަމަނުކޮށް މެދުކަނޑާލަންޖެހުނު ދަރިވަރުންގެ ތެރެއިން، އެ ޕްރޮގްރާމްގެ ބާކީބައި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ފުރިހަމަކުރުމަށް ދަރިވަރުންނަށް ބޭނުންވާ ލޯނަށް އެދުމުގެ ފުރުޞަތު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
މީގެ ކުރިން ވަނީ ދެ ބެޗެއްގެ ދަރިވަރުންނަށް ލޯން އެހީ ދީފައެވެ. މި ފަހަރު ހުޅުވާލީ ބާކީ ތިބި ދަރިވަރުންނަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތެވެ.
މި ލޯނުގެ އެހީގެ ފުރުސަތުގެ ދަށުން ލޯނު ފައިސާ ދޫކުރާނީ ދަރިވަރުންގެ ކޯސް ފުރިހަމަ ކުރުމަށް ބާކީ އޮންނަ މުއްދަތަށްވާ ފައިސާއެވެ. މި ލޯނު އެހީގެ ފައިސާ ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ 2023 ވަނަ އަހަރުގެ ބަޖެޓުންނެވެ. މި ލޯނު އެހީގެ ފުރުސަތަށް އެދި އެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑިއަކީ 21 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 13:30 އެވެ. މިކޯހައްއެދި ހުށަހަޅާނީ މިނިސްޓްރީ އޮފް ހަޔަރ އެޑިކޭސަންއިންގެ ޕޯރޓަލް މެދުވެރިކޮށެވެ.
ލޯން ދޭން ނިންމީ، އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ)ގެ ޕައިލެޓް ލައިސެންސް ފުރިހަމަކުރަމުންދިޔަ ދަރިވަރުންގެ ކޯސްނުނިމި ދިގުލައިގެންދިއުމާއި ދަރިވަރުންނަށް ކޯސްކުރިއައްގެންދިއުމަށް މާލީގޮތުން އެތަކެއް ދަތިތަކެއްކުރިމަތިވެ ކޯސް ހުއްޓާލަންޖެހުމުގެ ސަބަބުން އެދަރިވަރުންނަށް ކޯސް ކުރިއަށްގެންދިއުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުންނެވެ. ކޯސް މެދުކަނޑާލަން ޖެހުނު ދަރިވަރުންނަށް ލޯން އެހީ ދެނީ އައިލެންޑް އޭވިއޭޝަން ސަރވިސްގެ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކޯހުގެ ބާކީބައި ފުރިހަމަކުރުމަ ކުރުމަށެވެ.
advertisment
ހިޔާލު