އޯލެވެލްގެ ނަތީޖާ މާދަމާ ދޫކުރަނީ

މި އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގެ ނަތީޖާ މާދަމާ ދޫކުރާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން ބުނެފިއެވެ.

ޑީޕީއީއިން ބުނީ އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މާދަމާ 9:00 ގައި، އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ 10:00 ގައި ސެންޓަރތަކަށް ލިބޭނެ ކަމަށެވެ.

ސްކޫލްތަކުން މާދަމާ ނަތީޖާ ދޫކުރަމުން ގެންދާނެ ކަމަށާއި ޕްރައިވެޓްކޮށް ޑީޕީއީގައި  އިމްތިހާނުހެދި ހުރިހާ ކެނޑިޑޭޓުންނަށް މާދަމާގެ މެންދުރު 12:00 އިން ފެށިގެން އެ ޑިޕާޓްމަންޓުން ނަތީޖާ ދޫކުރަމުން ގެންދާނެ ކަމަށް ޑީޕީއީއިން ބުނެއެވެ.

ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާ ކެންޑިޑޭޓުން 2023 އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2023 އޮގަސްޓު 31 ގެ ނިޔަލަށް، އެ ކެންޑިޑޭޓް އިމްތިހާނު ހެދި ސެންޓަރަށް އެދި ހުށަހެޅުމަށް ޑީޕީއީއިން އިލްތިމާސް ކުރެއެވެ.

ޑީޕީއީއިން ފޯރުކޮށްދިން ތަފާސް ހިސާބުތަކަށް ބަލާއިރު، އެސްއެސްސީ އިމްތިޙާނުގައި މި އަހަރު ބައިވެރި ވަނީ އަރަބި މާއްދާ ވެސް ހިމެނޭ ގޮތަށް 6،106 ދަރިވަރުންނެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 444 ކުދިންގެ އިތުރުވުމެކެވެ. ކޭމްބްރިޖް އޯލެވެލް އިމްތިޙާނު 245 ސެންޓަރެއްގައި 6،698 ދަރިވަރުން މިއަހަރު ހަދާނެއެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 759 ދަރިވަރުންގެ އިތުރު ވުމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *