257 މުދައްރިސުންނާއެކު "ކެމްބްރިޖް ޓީޗަރސް ޖޮބް އެލައިކް" ފޯރަމް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި މިއަދު ފަށައިފިއެވެ. މި ފޯރަމް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދު އަޙުމަދެވެ. މިފޯރަމަކީ، އިންޑިޔާގެ ޝްރީ އެޑިޔުކެއަރ ލިމިޓެޑްގެ އެހީގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގުޅިގެން ކުރިއަށް ގެންދާ ފަންނީ ފޯރަމެކެވެ.
މިއީ މުދައްރިސުންގެ ފެންވަރުމަތި ކުރުމުގެ އިތުރުން، އޯ ލެވެލްއަށް ކިޔަވައިދިނުމުގައި މުދައްރިސުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް މަޝްވަރާގެ އަލީގައި ޙައްލު ހޯދުމަށް ބާއްވާ ފޯރަމެކެވެ. އަދި އުނގަންނައި ދިނުމުގެ މާޙައުލުން ކުރެވޭ ތަފާތު ތަޖުރިބާ ޙިއްސާ ކުރުން ވެސް މި ފޯރަމުގައި ކުރިއަށް ގެންދާނެއެވެ.
މި ފޯރަމުގައި ބައިވެރިވީ މާލޭ ސަރަޙައްދުގެ ސްކޫލް ތަކުގެ ގްރޭޑް 9 އަދި 10 އަށް ކިޔަވައިދެއްވާ މުދައްރިސުންނެވެ. މި ފޯރަމްގައި ވާހަކަ ދައްކާނީ އިނގިރޭސި ،ހިސާބު، ފިޒިކްސް، ކެމިސްޓްރީ ، ބައޮލޮޖީ، ގެ އިތުރުން އާރޓް އެންޑް ޑިޒައިންއާއި ކޮމްޕިއުޓަރ ސައިންސާއި އަދި މެރިންސައިންސް މާއްދާ ތަކަށް ފޯކަސް ކޮށްގެންނެވެ.
މި ފޯރަމްގައި ހުރިހާ ބައިވެރިންނަށް މަޢުލޫމާތުދޭން ތިން ސެޝަނެއް ކުރިއަށް ގެންދާއިރު، ވަކިވަކި މާއްދާތަކަށް ޚާއްޞަކޮށްގެން ވެސް ތިން ސެޝަނެއް ކުރިޔަށް ގެންދާނެއެވެ.
ފޯރަމްގައި މައުލުމާތު ދެއްވާނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ތިން ބޭފުޅުންނާއި ރާއްޖޭގެ ތަޖުރިބާކާރުންނެވެ.
މި މާއްދާ ތަކާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ، ރާއްޖެއިން ބޭރުން ވަޑައިގެންނެވި 3 މާހިރުންނާއި ރާއްޖޭގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅުންނެވެ.
advertisment
ހިޔާލު