މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވުން އަންނަ ހުކުރު ދުވަހު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަން ނިންމައިފިއެވެ.
ސަތޭކަ ވަނަ އަހަރީ ދުވަހުގެ ކައުންޑައުން ހަރަކާތުގެ ތެރެއިން 95 ގަޑިއިރުގެ ދުވުން ފެށީ އެ ސްކޫލަށް 95 އަހަރު ފުރުމާ ދިމާކޮށެވެ. ސަތޭކަ ވަނަ އަހަރީ ދުވަހާ ހަމައަށް ކޮންމެ އަހަރަކުވެސް އަހަރީ ދުވުމުގެ ނަމުގައި އެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް މަޖީދިއްޔާ ސްކޫލުން ބުނެއެވެ.
މަޖީދިއްޔާއިން ބުނީ ދުވުމުގައި ބައިވެރިވުން މިހާރު ހުޅުވާލާފައިވާއިރު، މިހާރު އެ ސްކޫލްގައި ކިޔަވާ ކޮންމެ ކުއްޖެއް ސްޕޮންސަރކޮށްގެން ދުވުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.
ދުވުމުގައި ބޭނުން ކުރާނެ ބިޕް އެ ސްކޫލުން މިހާރު އަންނަނީ ވިއްކަމުންނެވެ.
މަޖީދިއްޔާގެ އަހަރީ ދުވުން ކުރިއަށް ގެންދަނީ 3.5 ކިލޯ މީޓަރަށާއި 5 ކިލޯ މީޓަރަށެވެ.
މަޖީދިއްޔާއިން ބުނީ ދުވުން ފުރިހަމަކުރާ ފަރާތްތަކަށް މެޑަލެއް ދޭނެ ކަމަށެވެ.
advertisment
ހިޔާލު