ކާމިލް ދީދީ ޕްރައިމަރީ ސްކޫލަށް ޑެޕިއުޓީ ޕްރިންސިޕަލަކު ހޯދަން އިއުލާން ކުރީ އިއްޔެއެވެ.
އަސާސީ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެއްވަނަ ރޭންކަށް ޝަރުޠު ހަމަވާ ޕްރިންސިޕަލެއް ނަމަ 13،809 ރުފިޔާއެވެ. ވަޒީފާގެ އެލަވަންސްގެ ގޮތުގައި 6،444 ރުފިޔާއާއި ހާޒިރީ އެލަވަންސްގެ ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކަށް 174 ރުފިޔާ އިތުރަށް ލިބިވަޑައިގަންނަވާނެއެވެ. ދެވަނަ ރޭންކްގެ ޝަރުޠު ހަމަވާ ޕްރިންސިޕަލެއް ނަމަ އަސާސީ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 15،460 ރުފިޔާއެވެ. އެލަވަންސްގެ ގޮތުގައި 7،215 ރުފިޔާ އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކަށް 195 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
ޑެޕިއުޓީ ޕްރިންސިޕަލް ކަމުގެ މަގާމަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވަނީ މި މަހުގެ 13 ވަނަ ދުވަހުގެ 13:30އަށެވެ.
ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓުރާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި ބުނީ މަޤާމަށް މީހަކު ހަމަޖައްސާނީ ތަޖުރިބާއާއި އިންޓަވިއު އަދި ދެވޭ އެސެސްމަންޓަށް ބެލުމަށްފަހު ކަމަށެވެ.
ކާމިލް ދީދީ ޕްރައިމަރީ ސްކޫލަކީ ހުޅުމާލޭގައި ހުޅުވި ފުރަތަމަ ސްކޫލެވެ.
advertisment
ހިޔާލު