ސްޓެމް އެޑިޔުކޭޝަން ފަށަން މުދައްރިސުން ތަމްރީނު ކުރަނީ

ސްޓެމް އެޑިޔުކޭޝަން ތަޢާރަފް ކުރުމަށް ބޭނުންވާ މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތް ނެޝަނަލް އިންސްޓިޓިއުޝަން ފޯރ އެޑިޔުކޭޝަނުން ފަށައިފިއެވެ.

މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތް ފައްޓަވައި ދެއްވީ، މިއަދު ހެނދުނު ހިރިޔާ ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓޭ ފޮރ އެޑިޔުކޭޝަން ޑރ. ޢަބދުﷲ ރަޝީދު އަޙުމަދެވެ.

މި ޕްރޮގުރާމްގެ ދަށުން މުދައްރިސުން އޮންލައިން ކޮށް ފުރިހަމަކުރަންޖެހޭ ތަމްރީނުތައްވަނީ ފުރިހަމަ ކުރައްވައިފައެވެ. މިއަދު މިފެށޭ މަސައްކަތު ބައްދަލުވުމުގައި ކުރިޔަށް ގެންދާނީ ފޭސްޓު ފޭސްކޮށް މުދައްރިސުންނަށް ފޯރުކޮށްދޭންޖެހޭ ތަމްރީނެވެ.

އެންއައިއީއިން ބުނީ، މަދަރުސީ އުނގަންނައި ދިނުމުގައި މައިކްރޯބިޓް ބޭނުންކުރާނެ ގޮތް މިމަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް އޮޅުން ފިލުވައި ދޭނެ ކަމަށެވެ. އަދި 21 ވަނަ ޤަރުނުގެ ހުނަރުތައް އުނގެނުމުގެ ވެށިން އަޅުގަނޑުމެންގެ ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި މުދައްރިސުންގެ ވިސްނުން ގެންގުޅެންވީ ގޮތްތައް ވެސް މި ތަމްރީންގެތެރެއިން މުދައްރިސުންނަށް ފޯރުކޮށްދޭނެއެވެ.

ވޯލްޑް ބޭންކުގެ އެހީގައި ސްޓެމް އެޑިޔުކޭޝަން ޤާއިމު ކުރާ 28 ސްކޫލްގެ 98 ޓީޗަރުން މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިވެ މިތަމްރީނު ފުރިހަމަ ކުރާނެއެވެ.

ސްޓެމް އެޑިޔުކޭޝަން ތަޢާރަފުކުރާ 28 ސްކޫލަށް އެކަމަށް ބޭނުންވާ ސާމާނު މިހާރު ވަނީ ފޮނުވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *