ނަޑެއްލާ ސްކޫލަށް ބެލެނިވެރިންގެ ހިޔާއެއް

ގދ. ނަޑެއްލާ ސްކޫލުގައި ބެލެނިވެރިންގެ ހިޔާއެއް އެރަށު ކައުންސިލުން ހަދައިދީފިއެވެ. ދިރާސީ އާ އަހަރާއެކު އެތަނުގެ ބޭނުން ބެލެނިވެރިން އަންނަނީ ހިފަމުންނެވެ.

40 ފޫޓް 16 ފޫޓްގެ ހިޔާ ހަދާފައި ވަނީ ލަޑެއްލާ ސްކޫލްގެ އިރުމަތީފަރާތު މައިގޭޓާ ކައިރީގައެވެ.

ނަޑެއްލާ ސްކޫލްގެ ޕްރިންސިޕަލް ހުސައިން ޖަވީދު ދަރިވަރު ނޫހަށް ވިދާޅުވީ، ދަރިން ބަލާ އަންނަ ބެލެނިވެރިންނަށް އައްވާއި ވާރެއިން ސަލާމަތްވުމަށް ކައުންސިލުން އިސްނަގައިގެން ކުރި މަސައްކަތައް އެ ސްކޫލުގެ ފަރާތުން ޝުކުރު ދަންނަވާ ކަމަށެވެ.

ފަސްލައްކައެއްހާ ރުފިޔާ ޚަރަދުކޮށްގެން ހެދި ބެލެނިވެރިންގެ ހިޔާ އެއް ފަހަރާ ސަތޭކައެއްހާ މީހުންނަށް ބޭނުން ކުރެވޭނެ ކަމަށެވެ.

" ކުދިން ބަލައި އަންނަ ބެލެނިވެރިންނަށް ހިޔަލުގައި ހަމަޖެހިލައިގެން ތިބެވޭނެ. މިތަނުގެ ސަބަބުން އައްވާއި ވާރެއިން ވެސް ސަލާމަތްވާނެ" ހުސައިން ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *