ޤައުމީ ޔުނިވަރސިޓީއާ އަލަށް ގުޅުނު ދަރިވަރުންނަށް މައުލޫމާތު ދީފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ އަލަށް ގުޅުނު ދަރިވަރުންނަށް ޚާއްޞަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަންއެއް ބާއްވައިފިއެވެ.

މި ސެޝަން ކުރިއަށް ގެންދިޔައީ މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނުއެވެ. ޔުނިވަރސިޓީގެ އެކިއެކި ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ވަނީ މި ސެޝަންގައި ދަރިވަރުންނަށް ދީފައެވެ. އަދި ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންއާ ގުޅޭ ގޮތުން ވެސް ދަރިވަރުންނަށް ވަނީ މައުލޫމާތު ދީފައެވެ. ކޮންމެ ސެމިސްޓަރއެއްގައި ވެސް ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކަށް ވަންނަ ދަރިވަރުންނަށް އަމާޒުކޮށްގެން މިފަދަ ބައްދަލުވުމެއް ބާއްވައެވެ. އަދި ކޮންމެ ފެކަލްޓީއަކުން ވެސް ވަކިން މިފަދަ ބައްދަލުވުންތައް ބާއްވައެވެ.

މި މަހު ފަށާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ފޯމް ހުށަހެޅުމުގެ މުއްދަތު ޤައުމީ ޔުނިވަރސިޓީން ވަނީ ހުޅުވާލާފައެވެ. ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 17 ވަނަ ދުވަހެވެ. ސެޓްފިކެޓް ލެވެލް 3އާއި އެޑްވާންސް ސެޓްފިކެޓް އަދި ފައުންޑޭޝަން ކޯސްތަކަށް ވަނުމަށް އެދި ފޯމް ހުށަހަޅަންޖެހެނީ އޮގަސްޓް 24ގެ 14:00ގެ ކުރިންނެވެ.

ޤައުމީ ޔުނިވަރސިޓީގެ ކިޔެވުން ފަށަނީ މި މަހު 13 ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *