ދިރާސީ އާ އަހަރު ގުރޭޑް އެކެއްގައި 7000 ދަރިވަރުން ކިޔަވާނެ: އެޑިޔުކޭޝަން

މަރަދޫ ސްކޫލަށް އަލަށް ވަން ކުދިންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން:

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށާއިރު މި މަހުގެ ފަސްވަނަ ދުވަހުގެ ލިޔަލަށް ގުރޭޑް އެކެއްގައި ގުރޭޑް އެކެއްގައި 7000 ދަރިވަރުން ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1 އަށް 2491 ދަރިވަރުން އެ މުއްދަތުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރު 84،200 ދަރިވަރުން ކިޔަވަމުންދާނެ ކަމަށާއި، އޭގެ ތެރެއިން ސަރުކާރުގެ 216 ސްކޫލެއްގައި 73078 ދަރިވަރުން ކިޔަވަމުންދާއިރު، އަމިއްލަ ސްކޫލްތަކުގައި 11،122 ދަރިވަރުން ކިޔަވަމުންދާނެ ކަމަށެވެ. މީގެ ތެރެއިން 25،000 ދަރިވަރުންނަކީ މާލޭގެ ސަރަޙައްދު ތަކުގައި ކިޔަވަމުންދާ ކުދިންނެވެ.

އެ މިނިސްޓްރީން ބުނީ، 156 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭއިރު، ހުރިހާ ސްކޫލެއްގައި ކިޔަވައި ދިނުމަށް 8359 މުދައްރިސުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އެއީ ދިވެހި 6516 މުދައްރިސުންނާއި ބިދޭސީ 1843 މުދައްރިސުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *