ދިރާސީ އާ އަހަރާއެކު ޅޮހީސްކޫލުގެ ގުރޭޑް ހަޔަކުން ދަށުގެ ކޮންމެ ދަރިވަރަކަށް ކަބަޑެއް

އާ ދިރާސީ އަހަރާއެކު ޅޮހީސްކޫލް ގުރޭޑް ހަޔަކު ން ދަށުގެ ކޮންމެ ދަރިވަރަކަށް ކަބަޑެއް ޚާއްޞަ ކޮށްފިއެވެ.

ކޮންމެ ދަރިވަރަކަށް ކަބަޑެއް ޖެހީ އެ ސްކޫލުން ތަކެތި ފޯރުކޮށްދީގެން ބެލެނިވެރިން އަމިއްލަ އަށެވެ. 107 ކަބަޑު ވަނީ ދަރިވަރުންނަށް ޚާއްޞަ ކޮށްފައެވެ.

187 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ ޅޮހީސްކޫލްގެ ޕްރިންސިޕަލް އަލީ ޒާހިރު ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން އެސްކޫލުން ފަށާއިރު ދަރިވަރުންނަށް އާ ކަބަޑުތައް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންގެ ފޮތްދަބަހާއި ސްޓޭޝަނަރީޒް، ފައިވާން،ތޮފި އިންޓަވަލް ފެންފުޅިފަދަ އަމިއްލަތަކެތި ތަރުތީބުން ރައްކާތެރިކަމާއެކު ގެންގުޅުމަށް މަގު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމަސައްކަތުގައި ސްކޫލްގެ ހީވާގި ބެލެނިވެރިންނާއި ސްކޫލްގެ އިދާރީ މުވައްޒަފުންގެ މަސައްކަތް އެ ސްކޫލުން ފާހަގަކުރެއެވެ. މިފަދަ މަސައްކަތުގައި ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަމަށް ޕްރިންސިޕަލް ޝުކުރުއަދާ ކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *