ތިން ބުރީގެ އާ އިމާރާތާއެކު ނަރުދޫ ސްކޫލް އެއްދަންފަޅިއަށް

ތިން ބުރީގެ އާ އިމާރާތާއެކު ށ. ނަރުދޫ ސްކޫލުގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށޭނެ ކަމަށް އެ ސްކޫލުން ބުނެފިއެވެ.

ނަރުދޫ ސްކޫލްގެ އާ އިމާރާތް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ނަރުދޫ ސްކޫލުގެ ތިންބުރީގެ އާ ޢިމާރާތުގައި، ހަ ކުލާސްރޫމާއި، ސްޓާފް ރޫމަކާއި، ހެލްތް ރޫމެއް އަދި ކޮމްޕިއުޓަރ ލެބެއް ހުރެއެވެ.

ނަރުދޫ ސްކޫލްގެ ޕްރިންސިޕަލް އަބްދުލް ޣަނީ އަބްދުލް ޣަފޫރު ވިދާޅުވީ އަލަށް ލިބުނު ތިން ބުރީގެ އިމާރާތާއެކު އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހެއްލެއް ލިބިގެންދާނެ ކަމަށާއި އެއީ 2007 ވަނަ އަހަރުން ފެށިގެން ކުރަމުން އައި އުއްމީދެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ސްކޫލުގައި ހެލްތް ރޫމެއް މީގެ ކުރިން ނެތް ކަމަށާއި ސްޓާފްރޫމަކަށް ބޭނުން ކުރަމުން އައީ ކުލާސްރޫމެއް ކަމަށާއި އެތަނުގައި މަސައްކަތް ކުރަމުން އައީ މޭޒެއްގައި ހަތަރު މުދައްރިސުން ތިއްބަވައިގެން ކަމަށެވެ.

" އަދި ކިރިޔާ ސްޓާފުންނަށް ހަމަނޭވާލެވިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ލިބުނީ" ޕްރިންސިޕަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާ އިމާރާތާއެކު ބައެއް ޚިދުމަތްތައް ފަށައިގަނެވޭނީ އިމާރާތުގައި ބޭނުން ކުރާނެ އިކްއިޕްމަންޓް ލިބުމުންނެވެ. އޭގެ ތެރޭގައި ކޮމްޕިއުޓަރ ލެބަށް ބޭނުންވާ ސާމާނުތައް ހިމެނެއެވެ.

ޣަނީ ވިދާޅުވީ އެ ސްކޫލަށް ދެން ބޭނުންވަނީ ޒަމާނީ މަލްޓިޕަރޕަސް ހޯލެއް ކަމަށާއި، އާ އިމާރާތް ބޭނުން ކުރަން ފެށުމާއެކު ހޯލެއްގެ ގޮތުގައި ބޭނުން ކުރާނީ ތިން ކުލާސްރޫމުގެ ގޮތުގައި ބޭނުން ކުރަމުންއައި ހޯލު ކަމަށެވެ.

ނަރުދޫ ސްކޫލްގައި 147 ދަރިވަރުން، ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ދެ އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *