ޚިދުމަތުގައި ތިއްބެވި ކޮންމެ މުދައްރިސަކަށް ކިޔަވައިދިނުމުގެ ހަތަރު އަހަރުގެ ލައިސަންސެއް

ޚިދުމަތުގައި މިހާރު ތިއްބެވި ހުރިހާ މުދައްރިސުންނަށް ވެސް ހަތަރު އަހަރުގެ މުދައްރިސް ކަމުގެ ލައިސަންސެއް ލިބޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ހަތަރު އަހަރު ދުވަހަށް މުދައްރިސް ކަމުގެ ލައިސަންސް މިހާރު ޚިދުމަތުގައި ތިއްބެވި ހުރިހާ މުދައްރިސުންނަށް ވެސް ލިބޭނެ ކަމަށާއި މިއަދު ޢަމަލު ކުރަން ފެށި ގަވައިދުގެ ދަށުން ލައިސަންސް ދޭނީ މީގެ ދެ އަހަރު ފަހުން، ކިޔަވަން ފަށައި، ހަތަރު އަހަރު ކިޔެވުން ނިންމާ މުދައްރިސުންނަށް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވަނީ ވިދާޅުވިއެވެ.

" މި ގެޒެޓް ކުރެވުނު ހިސާބުން މިހާރު ތިއްބެވި ހުރިހާ މުދައްރިސުންނަކީ ލައިސަންސް ލިބިފައިވާ މުދައްރިސުން. ދެން ހުންނާނީ ރަޖިސްޓްރީ ކުރުމަށް އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް. އިދާރީ ބައިތައް ފުރިހަމަ ކުރުމަށް ތަޢުލީމީ ސެޓްފިކެޓާއި ފޯމުތައް ހުށަހަޅަން ޖެހޭނީ" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ނިންމައި ލައިސަންސް ކާޑް މި ފެށޭ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

މުދައްރިސުންނަށް ލައިސަންސް ދުކުރުމުގެ ޤަވައިދު ބުނާ ގޮތުން ދިވެހިރާއްޖޭގެ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުންނަށް ދޫކުރާނީ ތިން ބާވަތެއްގެ ލައިސަންސެކެވެ.

އެޑީޔުކޭޝަން މިނިސްޓްރީން ބުނީ، މުދައްރިސްކަމުގެ ލައިސަންސް ތަޢާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއ، ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުންނަކީ އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންވާ ތަޢުލީމީ ފެންވަރާއި  ފަންނީ ހުނަރާއި ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމާއި މުދައްރިސުންނަކީ ޤަދަރުވެރި އަދި މުޖުތަމަޢު ގަބޫލުކުރާ އަޚްލާޤީ ސިފަތައް އަށަގަނެފައިވާ ބައެއް ކަމު ގައި ހެދުމަށް މަގުފަހިކުރުމެވ.

އަދި ވަޒީފާގައި ދެމިތިބޭ މުދައްރިސުންނަކީ ފަންނީގޮތުން ކުރިއަރަމުންދާ ބަޔަކަށް ހެދުމާއި ތަޢުލީމުގެ ޤާނޫނުގައި މުދައްރިސުންގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަ ނޑައަޅައިފައިވާ ޒިންމާތަ ކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަމާއި ހުނަރާއި މަސައްކަތުގެ އަޚްލާޤު ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *